ޚަބަރު ދައުލަތުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް 18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް ގާއިމުކޮށްފި

ދައުލަތުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް 18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް ގާއިމުކޮށްފި

ދައުލަތުގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް 18 އަތޮޅެއްގައި ސަރުކާރުގެ ޚިދުމާތު މަރުކަޒުތައް ގާއިމުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދައުލަތުގެ އެކި މުއައްސަސާތަކުގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ ގޮތުން، 18 އަތޮޅެއްގައި "ސަރުކާރުގެ ޚިދުމާތު މަރުކަޒު" ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި މަރުކަޒުތައް ހިންގުމުގެ އެންމެހައި ކަންކަން ހަމަޖައްސަވާފައިވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި މި އިދާރާތަކަކީ، ލާމަރުކަޒީ ގާނޫނުގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި "އިންޓަގްރޭޓަޑް ސާވިސް ސެންޓަރު" ތަކެއްގެ ގޮތުގައި ހިންގުމަށް ކަނޑައެޅިފައިވާ ތަންތަނެވެ. އެގޮތުން މަރުކަޒީ ސަރުކާރުގެ އެކި ވުޒާރާތަކުންނާއި މުއައްސަސާތަކުން ދޭ އަސާސީ ޚިދުމަތްތައް މި މަރުކަޒުތައް މެދުވެރިކޮށް އެއް ތަނަކުން އަތޮޅުތަކުގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

މި މަރުކަޒުތައް ގާއިމުކޮށްފައިވަނީ ސިޓީގެ ދަރަޖަ ލިބިފައިވާ އައްޑޫ އަދި ފުވައްމުލައް ފިޔަވައި، ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް ހިމެނޭ 18 އަތޮޅުގައެވެ. މި ނިންމެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ، ސަރުކާރުގެ ރަސްމީ މުއާމަލާތްތަކުގައި ބޭނުންކުރުމަށް އެ މަރުކަޒުތަކުގެ އިނގިރޭސި ނަންތަކާއި ދައުލަތުގެ މުއައްސަސާ ނަންބަރުތައް ހިމެނޭ ދެންނެވުމެއް އާންމުކުރައްވާފައެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށްފަހު، ރަށްރަށުގައި ދެވޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ އަތޮޅު އޮފީސްތައް ގާއިމުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ މި ދަނޑިވަޅުގައި، އަލަށް ތައާރަފުކުރި މި ޚިދުމާތު މަރުކަޒުތަކުގެ ސަބަބުން އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާވެ، ޚިދުމަތް ހޯދުމުގައި އާންމުންނަށް ދިމާވާ ތަކުލީފުތަކަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.