ޚަބަރު ހުޅުމާލޭ މޫދާއި ގޮނޑުދޮށުން ޖެލީފިޝްގެ ނުރައްކާތެރި ވައްތަރެއް ފެންނާތީ ސަމާލުވާން އަންގައިފި

ހުޅުމާލޭ މޫދާއި ގޮނޑުދޮށުން ޖެލީފިޝްގެ ނުރައްކާތެރި ވައްތަރެއް ފެންނާތީ ސަމާލުވާން އަންގައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭ މޫދާއި ގޮނޑުދޮށުން ޖެލީފިޝްގެ ނުރައްކާތެރި ވައްތަރެއް ފެންނާތީ ސަމާލުވާން އިލްތިމާސްކޮށްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހުޅުމާލޭ މޫދާއި ގޮނޑުދޮށުން މިދުވަސްވަރު ފެންނަމުން ދަނީ ޖެލީފިޝްގެ ނުރައްކާތެރި ވައްތަރެއް ކަމަށެވެ. އެ ޖެލީފިޝް ޖައިގަ ޖެހުމުން ހިރުވައި ގައި ކެހުމަށް މެދުވެރިވެ ދިލަނަގަ އެވެ.

މި ފަދަ ބާވަތްތަކަށް ދިވެހިން ފިރުއައުނުމުދަލޭ ކިޔައި އުޅެއެވެ. މިއީ ވަކި ދުވަސްވަރަކަށް ތިލަވާ ކަނޑުއަޑީގައި އުޅޭ ހަލުވިދާގަނޑެއްކަހަލަ އެއްޗިއްސަށް ކިޔާ ނަމެކެވެ. މީގެ ތަފާތު ވައްތަރު ހުންނައިރު އޭގެ ވަކި ތަންކޮޅެއް ގައިގަ ޖެހުމުން ދިލަނަގާގޮތްވާ ކަމަށްވެ އެވެ.

މީގެ ކުރިންވެސް ހުޅުމާލޭ ގޮނޑުދޮށާއި މޫދުން މިވައްތަރުގެ ޖެލީފިޝް ފެންނާތީ ސަމާލުވާން އެންގި އެވެ.

ބެލެވޭ ގޮތުގައި މި ބާވަތް ފަޅުތެރެއަށް ގިނަވަނީީ މޫސުމީ އެއްޗެއްގެ ގޮތުގައި އެވެ.

ޓެގް

ޖެލީފިޝް ހުޅުމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.