ބޭރުދުނިޔެ ޔޫކްރެއިން ސިފައިންގެ މީހެއް ގަޔަށް ޖެހި ވަޒަން އޭނާގެ އައިފޯނަށް އަރައި ފުރާނަ ސަލާމަތް ވެއްޖެ

ޔޫކްރެއިން ސިފައިންގެ މީހެއް ގަޔަށް ޖެހި ވަޒަން އޭނާގެ އައިފޯނަށް އަރައި ފުރާނަ ސަލާމަތް ވެއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވައިރަލް ވީޑިއޯ ބައްލަވާލައްވާ.

ވައިރަލްވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔޫކްރެއިންގައި ސިފައިންގެ މީހެއްގެ ގަޔަށް ޖެހިވަޒަން އޭނާގެ އައިފޯނަށްއަރައި ސިފައިންގެ މީހާގެ ފުރާނަ ސަލާމަތްވެއްޖެއެވެ.

ރެޑިޓްގައި މި ވީޑިއޯ ޝެއާ ކޮށްފައި ވެ އެވެ. ވީޑިއޯއިން ފެންނަނީ ޔޫކްރެއިންގެ ސިފައިންގެ މީހަކު އޭނާގެ ބެކްޕެކް ތެރެއިން އޭނާގެ އައިފޯން ނަގާ މަންޒަރެވެ.

ވީޑިއޯއިން ފެންނަނީ ހަލާކުވެފައިވާ ފޯނު އެތެރޭގައި ތާށިވެފައި އޮތް ވަޒަނެއް ހިފައިގެން ހުރި މަންޒަރެވެ. ވައިރަލްވެފައިވާ މި ކްލިޕްގައި އިތުރު ތަފްސީލެއް ހިއްސާކޮށްފައެއް ނުވެއެވެ.

މި ވައިރަލް ވީޑިއޯއަކީ ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން ފެންމަތިވި މިފަދަ އެތައް ކަމެއްގެ ތެރޭގައި ހިމެނޭ ވީޑިއޯއެކެވެ.

މި ވީޑިއޯ އަށް އެތައް ޔޫޒަރުންނެއް ވަނީ ރިއެކްޓްކޮށްފަ އެވެ. މަލާމާތުގެ ރާގަކަށް އެކަކު ބުންޏެވެ: “އޭނާގެ ފޯނުގައި ސްކްރީން ޕްރޮޓެކްޓަރެއް އެޕްލައި ނުކުރުމަކީ ކިހާ ގޯސް ކަމެއް ހެއްޔެވެ؟”.

އަނެކަކު ބުންޏެވެ:”An Apple a day keeps the doctor away!”

“އަދިވެސް ވަރަށް އިމްޕްރެސިވް، މި ރައުންޑް އައިފޯނުގެ ކޭސްއަށް ނުވަދެގެން މިއުޅެނީ. އެކަން ހަމައެކަނި ޑިސްކޮލިފައިކޮށްލީ،” އެކަކު ބުންޏެވެ.

ޔޫކްރެއިންގައި 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައިވެސް މިފަދަ ހާދިސާއެއް ވަނީ ފެންމަތިވެފައެވެ. ޔޫކްރެއިން ސިފައިންގެ މީހާ އަށް ރަޝިއާ ސިފައިން ބަޑި ޖެހި ނަމަވެސް އޭނާގެ އައިފޯނަށް ވަޒަން އަރާ އޭނާ ވަނީ ސަލާމަތްވެފަ އެވެ.

ވައިރަލްވެފައިވާ ވީޑިއޯގައި އެ ސިފައިންގެ މީހާ ވަނީ އޭނާގެ އައިފޯނަށް ވަޒަން އަރާފައި ހުރި މަންޒަރު ދައްކާލާފައެވެ. އޭނާ ބުނަނީ: “… ސްމާޓްފޯން އަޅުގަނޑުގެ ފުރާނަ ސަލާމަތްކޮށްދިނީ”.

ހަނގުރާމައިގެ ތެރޭގައި ރަޝިޔާގެ ފައުޖުތަކުން ވަނީ އާންމުންގެ އަމާޒުތަކަށް 17،000 އަށް ވުރެ ގިނަ ހަމަލާ ދީ، އެތައް ހާސް ހަނގުރާމަވެރިންނާއި އާންމުން މަރާލައި، އެތައް މިލިއަން ބަޔަކު ގެދޮރުން ނެރެ ފަހާލާފަ އެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމާއިގުޅިގެން، ހަކަތައާއި ކާބޯތަކެތީގެ އަގުތައް މައްޗަށް ދިޔުމާއި، ޔޫކްރެއިން އާއި ރަޝިޔާގެ މުހިންމު އުފެއްދުންތައް ކަމަށްވާ ގްރެއިން، ފިއުލް އަދި ފާޓިލައިޒަރ ފަދަ ބާވަތްތައް އެކްސްޕޯޓް ކުރުން ފަދަ އެތައް ކަމަކަށްވަނީ  ރަޝިޔާގެ މިހަނގުރާމައިގެ ސަބަބުން ބުރޫއަރާ ފައެވެ.

ޓެގް

ޔޫކްރެއިންހަނގުރާމަ އައިފޯން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.