ޚަބަރު

މޯދީ އަންނައަހަރު ރާއްޖެ ވަޑައިގަތުމަށް އެއްބަސްވެއްޖެ

ރާއްޖެއާއި އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތުގައި ރާއްޖެއަށް އަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެއްބަސްވެވަޑައިގެންފިއެވެ.

ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ ބޭއްވުނު ރަސްމީ މަޝްވަރާތަކުގައި މި ދަޢުވަތު އަރުވާފައިވާކަމަށް ދެ ގައުމުން އެކުގައި ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ވިދާޅުވީ، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސް މުއިއްޒު ދެއްވި ދަޢުވަތު ބޮޑުވަޒީރު މޯދީ ގަބޫލުކުރައްވާފައިވާ ކަމަށެަމަށެވެ. އަދި ދަތުރުފުޅުގެ ތާރީޚު ކަނޑައެޅުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަޝްވަރާކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ އަންނަ އަހަރު ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ދަތުރުފުޅެއް ކަމަށް ރައީސް މުއިއްޒު ފާހަގަކުރައްވާފައިވެއެވެ. މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close