ޚަބަރު

ހުޅުމާލޭ ފޭސް 1 ގެ ފުލެޓެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކަށް ފަރުވާދެނީ

ހުޅުމާލޭ ފޭސް އެކެއްގައި ހުރި ފުލެޓެއް 3 ވަނަ ފަންގިފިލާއިން ވެއްޓުނު އަންހެނަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.


ހުޅުމާލޭ ހޮސްޕިޓަލުގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނީ އމުރުން 22 އަހަރުގެ އަންހެނެއްކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ފުލުހުން ބުނީ ހުޅުމާލޭ 1 ވަނަ ފަންގިފިލާއިން އަންހެނަކު ވެއްޓުނުކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހަވީރު 17.30 ގައި ކަމަށެވެ.

މި ހާދިސާ ހިނގީ ކޮން ފުލެޓެއްގައިކަން ފުލުހުން ހާމަނުކުރެއެވެ.

ނަމަވެސް ފުލެޓެއްގެ ތިންވަނަ ފަންގިފިލާއިން ވެއްޓުނު އަންހެން މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ފުލުހުން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close