ހުޅުމާލޭ ފޭސް 2 ން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށައިފި
ހުޅުމާލޭ ފޭސް 2 ން މާލެއަށް ސީދާ ބަސްދަތުރުތައް ފަށައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން ފޭސް 2 ން މާލެއަށް ސީދާ ބަހުގެ ޚިދުމަތް ފަށާފައިވާ އިރު ބަހުގެ ޚިދުމަތް ލިބޭނީ ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 11:00 އާ ހަމައަށެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވީ ޓްރެފިކް ބާރު ބޮޑު ނޫންކަމަށްވާނަމަ ކޮންމެ ގަޑިއިރަކުން ދަތުރުތައް ކުރާނެ ކަމަށެވެ. އަދި ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ހަމަޖައްސާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ބަސް ދަތުރުގެ އިތުރުން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވި ފަހުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދުމަށް ގިނަ ކަންތައްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.



