ޚަބަރު މާލޭއޭރިޔާގެ މިސްކިތްތައް މިރޭފަތިސްނަމާދުން ފެށިގެން ބަންދުކުރަން ނިންމައިފި

މާލޭއޭރިޔާގެ މިސްކިތްތައް މިރޭފަތިސްނަމާދުން ފެށިގެން ބަންދުކުރަން ނިންމައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ގްރޭޓާ މާލޭއޭރިޔާގެ މިސްކިތްތައް މިރޭފަތިސްނަމާދުން ފެށިގެން އެއްވެސް މީހަކަށް ނަމާދު ނުކުރެވޭގޮތަށް ބަންދުކުރަން އިސްލާމިކް މިނިސްޓްރީން މިރޭ ނިންމައިފިއެވެ.

މިސްކިތްތައް ބަންދުކުރަން ނިންމިކަން އަންގާފައިވަނީ އިސްލާމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޫވެލް ކޮރޯނާ ވައިރަސް) ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި ދީނީ ޢިލްމުވެރިންގެ ލަފާގެ މަތިން، 19 މޭ 2021 ވީ ބުދަ ދުވަހުން ފެށިގެން ވަނީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލެވިފައިވާކަމަށެވެ.

 ޢާންމު ރައްޔިތުންގެ ޙައްޤުގައި އެކަން ކުރިކަމުގައިވިއަސް ބައެއް ފަރާތްތަކުން އެ އެންގުންތަކަށް ތަބާނުވެ ބައެއް މިސްކިތްތަކުގައި ގައިދުރުކަމެއްނެތި ޖަމާޢަތް ހަދަމުންދާތީއާއި ކޮވިޑްގެ ޙާލަތު މާލޭގައި ފެތުރުން ކޮންޓްރޯލު ނުކުރެވޭތީއާއި މިއަދުން ފެށިގެން ހުއްދައާއި ނުލައި ޢާންމުން ބޭރަށް ނިކުމެއުޅުންވެސް މަނާކުރެވިފައިވާތީ، ކޮވިޑުން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިރޭ ފަތިސް ނަމާދުން ފެށިގެން މާލޭގެ މިސްކިތްތައް ބަންދުކުރުމަށް ނިންމިވާހަކަ ޢާންމުންގެ މަޢުލޫމާތަށްޓަކައި ދަންނަވާ ކަމުގައެވެ.

މިދަނޑިވަޅުގައި މިސްކިތަކަށް ވަޑައިނުގެންނެވުނު ކަމުގައިވިއަސް ފަރުޟު ފަސް ނަމާދު ބަރާބަރަށްއަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރްއާން ކިޔަވައި، ، އިސްތިޣްފާރު ކުރުމަށާއި، މިބަލިމަޑުކަމުން އަވަހަށް ސަލާމްމަތް ކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކޮށް އުޅުމަށް ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތްކުރާކަމަށްވެސް އެ ބަޔާނުގައި ބުނެފއިވެއެވެ.

މީގެ އިތުރުން ކަމާގުޅޭ ފަރާތްތަކުން ދޭއިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށާއި، ﷲގެ ރަޙްމަތުންމާޔޫސްނުވެ، ސަބަބުތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް އުޅުމަށް ނަޞޭޙަތްތެރިވެފައިވެސް އެބަޔާނުގައި ވެއެވެ.

ޓެގް

ިމިސްކިތްތައް މާލެސިޓީ ކޮވިޑް-19 އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.