ޚަބަރު ރާއްޖެއިން އިތުރު 42 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން އިތުރު 42 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއިން އިތުރު 42 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ބަލި ޖެހުނު މީހުންގެ ޢަދަދު 11،701 އަށް އަރައިފިކަމަށް އެޗްޕީއޭއިން ހާމަކުައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 20 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 22 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 42 މީހުންގެ ތެރެއިން 19 މީހުންނަކީ ދިވެހިންނެވެ. އަނެއް 23 މީހުންނަކީ ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11،701 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. ބަލިޖެހުނު މީހުންގެ ތެރޭގައި ހިމެނެނީ 7459 ދިވެހިންނާއި، 4242 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 69 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 10،883 އަށް އަރާފައެވެ. މިއީ މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 92 އިންސައްތައަށްވުރެ ގިނައިން މީހުންނެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 31 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 38 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ޓެގް

ކޮވިޑް-19

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.