ޚަބަރު އިސްލާމް ދީނަށް ފުރައްސާރަކޮށް ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްލާމް ދީނަށް ފުރައްސާރަކޮށް ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި މާތް ވެގެންވާ އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ބައެއް ފަރާތްތަކުން  ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބުދަ ދުވަހު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ވަނީ އިސްލާމް ދީނާއި ކީރިތި ރަސޫލާއާ ދެކޮޅަށް އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމާއި އަދި މިނިވަން ކަމުގެ ނަމުގައި މިފަދަ އަމަލުތައް ނުހިންގޭނެ ކަމަށެވެ.

ހުރިހާ ޒާތެއްގެ ހައްދުފަހަނައަޅައި ދިއުމަކާއި ދިވެހި ސަރުކާރުން އަބަދުވެސް ދެކޮޅު ކަމަށް ބަޔާނުގައި ވެއެވެ. އެގޮތުން ކީރިތި ރަސޫލާ އާއި ދެކޮޅަށް ދައްކަމުން ގެންދާ ވާހަކަތައް އެއީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ނުފެތޭ އަމަލުތައް ކަމަށް ބުންޏެވެ.

ބަޔާނުގައިވާ ގޮތުގައި އިސްލާމްދީނާއި ނިރުބުވެރިކަމާއި (ޓެރަރިޒަމާއި) ގުޅުވައިގެން އެކި ފަރާތްތަކުން ދައްކަމުން ގެންދާ ވާހަކައަކީ ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށާއި އަދި މިކަން ހަރު އަޑުން ކުށްވެރި ކުރާ ކަމަށް ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުން މި ބަޔާން ނެރުއްވާފައި މި ވަނީ ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އިސްލާމް ދީނަކީ ހާލުގައި އޮތް ދީނެއް ކަމަށާއި އެ ދީނަކީ ނިރުބަވެރި ހަމަލާތަކަށް މަގުފަހި ކުރާ ދީނެއް ކަމަށް ބުނެ ފުރައްސާރަ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލައިގެ ދިފާއުގައި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ދެއްކެވި ވާހަކަ ކުއްވެރިކޮށް އިސްލާމީ ގައުމުތަކުން ދަނީ ބަޔާންތައް ނެރި ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަންފަށާފައެވެ.

ޓެގް

ސަރުކާރު އިސްލާމްދީން ފޮރިންމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.