ޚަބަރު ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ހައުސިންގ ޔުނިޓްތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ 2 ވަނަ ފިޔަވަހީގެ ހައުސިންގ ޔުނިޓްތަކުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 7000 ހައުސިންގ ޔުނިޓްގެ ނަރުދަމާ ނިޒާމްގެ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީން ފަށައިފިއެވެ.

އެކަމަށްޓަކާ މިއަދު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫޢު ފަށްޓަވައިދެއްވީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ ޗެއަރޕާރސަން އަޙުމަދު މަޢުސޫމާއި މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހެވެ.

އެމް.ޑަބްލިޔު.އެސް.ސީން ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ހިޔާ ޕްރޮޖެކްޓުގެ ތެރެއިން ޤާއިމުކޮށްފައިވާ 16 ޓަވަރަށް ޖުމްލަ 580 ނަރުދަމާ ނިޒާމްގެ ކަނެކްޝަން ގުޅައިދެވިގެންދާނެކަމަށެވެ. އަދި އެ ސަރަޙައްދަށް ނަރުދަމާގެ ޚިދުމަޔް ފޯރުކޮށްދިނުމަށްޓަކާ 11،003 މީޓަރުގެ ނަރުދަމާގެ މައި ނެޓްވޯރކާއި، 283 މޭން ހޯލްއާއި 2 ޕަންޕިންގ ސްޓޭޝަން ޤާއިމުކުރާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

“ހިޔާ” ފްލެޓްތަކަށް ނަރުދަމާ ނިޒާމްގެ ކަނެކްޝަން އެޅުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ނިންމުމަށް އެމް.ޑަބްލިޔު.އެސް.ސީން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ.

ހިޔާ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރީ ސަރުކާރުން ފެއްޓެވި އެންމެ ބިޔަ މަޝްރޫއެވެ. އެހެންނަމަވެސް އެސަރުކާރު ނިމި އާސަރުކާރާއި ހަވާލުވިއިރު ފްލެޓުތަކާއި ގުޅިގެން ގިނަ މައްސަލަތަކެއްވަނީ ފެންމަތިވެފައެވެ. ހިޔާ ހައުސިންގ ޔުނިޓްތަކުގެ ސްޓްރަލކްޗަރަލް ހުރިހާ މަސައްކަތްތައް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްގެންދަނީ ފިނިޝިންގ މަސައްކަތްކަކެވެ.

ޓެގް

ހައުސިންޔުނިޓް ހުޅުމާލެ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.