ޚަބަރު ސައޫދީގައި ތިބި ކިޔަވާކުދިންގެ ތެރެއިން 62 ކުދިން ރާއްޖެ ގެނެސްފި

ސައޫދީގައި ތިބި ކިޔަވާކުދިންގެ ތެރެއިން 62 ކުދިން ރާއްޖެ ގެނެސްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސައޫދީގައި ތަޢުލީމު ޙާސިލުކުރަމުން ދިޔަ ދިވެހި 62 ދަރިވަރަކު ރާއްޖެއަށް ގެނެސްފައިވާކަމަށް ފޮރިންގ މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފޮރިންގ މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19އާއި ގުޅިގެން އެޤައުމުގައި ކިޔަވަމުންދިޔަ ހުރިހާކުދިން ގެނައުމުގެ މަސައްކަތްކުރެއްވިކަމަށެވެ. އެހެންނަމަވެސް ދިވެހި ދަރިވަރުން ކިޔަވަމުންދިޔަ އެއް ޔުނިވަރސިޓީން ކޯވިޑް-19އަށް ބައެއް މީހުން ޕޮޒިޓިވްވުމާއި ގުޅިގެން އެޔުނިވަރސިޓީގައި ތަޢުލީމު ޙާސިލުކުރަމުންދިޔަ ދަރިވަރުން ފްލައިޓަށް އެރުވުމަށް ސައުދީ ސަރުކާރާއި އެއަރލައިނުން އެއްބަސްނުވުމުގެ ސަބަބުން އެކުދިން ގެނެވޭގޮތް ނުވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުގައި ކިޔަވަމުންދާ 2300އަށްވުރެ ގިނަ ދަރިވަރުން މިހާތަނަށް ރާއްޖެ ގެނެސްފައި ވާކަމަށެވެ.

“މިހާތަނަށް 2300 ދަރިވަރަކު ދުނިޔޭގެ އެކި ހިސާބުތަކުންވަނީ ގެނެވިފައި. ސަޢުދީގައި ކިޔަވަމުން އަންނަ 62 ދަރިވަރަކު މިރޭ ރާއްޖެވަނީ ގެނެވިފައި. ހުރިހާ ކުދިން ގެންނަން ސަރުކާރުން މަސައްކަތްކުރީ. އެހެންނަމަވެސް ދިވެހި ކުދިންތަކެއް ތިބި ޔުނިވަރސިޓީއެއްގައި ކޯވިޑް ވައިރަސް ފެތުރުމާއި ގުޅިގެން އެޔުނިވަރސިޓީގައި ކިޔަވަމުންދިޔަ ދަރިވަރުން އެއަރލައިނުން އެކުދިން ބޯޓަށް އެރުވުމަށް އެއްބަހެއް ނޫން.” ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވިއެވެ.

ރޭގެ ވަގުތެއްގައި ސަޢުދީ އެއާލައިނުން ޖުމްލަ 65 މީހަކު ރާއްޖެއައިސްފައިވާކަމަށް އެމްއޭސީއެލުންވެސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާއި ގުޅިގެން ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް އެކި ޤައުމުތަކުގެ ސަރުކާރުތަކާއި ގުޅިގެންވަނީ ކޮށްފައެވެ. އެގޮތުން މޯލްޑިވިއަންގެ ޗާޓަރ ފްލައިޓުތަކެއް ބާއްވާފައިވާއިރު އެކި ޤައުމުތަކުން އެޤައުމުތަކަށް ނިސްބަތްވާ ރައްޔިތުން އެކި ސަރަޙައްދުތަކުން ގެންދިޔުމަށް ކުރިއަށްގެންދިޔަ އެކި އޮޕަރޭޝަންތަކުގައިވެސް ދިވެހިން ގެނައުމުގެ މަސައްކަތްވަނީކޮށްފައެވެ. އެގޮތުން ޗައިނާގެ ވޫހާން ސިޓީއާއި އިގިރޭސިވިލާތާއި އިންޑިއާއާއި ނޭޕާލާއި މެލޭޝިއާގައި ކިޔަވަމުންދިޔަ ކުދިންނާއި އެކި ބޭނުންތަކަށް އެޤައުމުތަކަށް ގޮސް އަނބުރާ އަންނަން ބޭނުންވެފައިތިބި އެތައްބަޔަކުވަނީ ރާއްޖެ ގެނެސްފައެވެ.

ޓެގް

ފޮރިންމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.