ޚަބަރު މިދިޔަ އެމްޑީޕީ ސަރުކާރުން އެސްބީއައި އިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން އެއްކޮށް ދައްކައި ނިންމައިފި

މިދިޔަ އެމްޑީޕީ ސަރުކާރުން އެސްބީއައި އިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން އެއްކޮށް ދައްކައި ނިންމައިފި

މިދިޔަ އެމްޑީޕީ ސަރުކާރުން އެސްބީއައި އިން ނެގި 150 މިލިއަން ޑޮލަރުގެ ދަރަނި ސަރުކާރުން އެއްކޮށް ދައްކައި ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނެގި 150 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބިލް ފެސިލިޓީގެ އެންމެ ފަހު ބައި ކަމަށްވާ 50 މިލިއަން ޑޮލަރު ދައްކައި، އެ ދަރަނި ސަރުކާރުން އެއްކޮށް ޚަލާސްކޮށްފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މި ދަރަނި އަދާކުރީ ތިން ފަހަރެއްގެ މަތިން 50 މިލިއަން ޑޮލަރުގެ މަގުންނެވެ.

މި ފައިސާ ދެއްކި ނަމަވެސް، ކާބޯތަކެއްޗާއި ތެލާއި ބޭސްފަރުވާ ފަދަ ޒަރޫރީ ބޭނުންތަކަށް މުދާ އެތެރެކުރުމަށް ބޭނުންވާ ބޭރު ފައިސާގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމުގެ ޔަގީންކަން ފިނޭންސް މިނިސްޓްރީން ދެއެވެ. އަދި ރަސްމީ ރިޒާވްގައި 644 މިލިއަން ޑޮލަރު ހުރުމާއެކު، އަސާސީ މުދާ އެތެރެކުރުމަށް ދަތިވާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއެވެ.

ދައުލަތުގެ ދަރަނި ބެލެހެއްޓުމުގައި ދުރާލައި ރޭވުންތެރިކަމާއެކު މަސައްކަތްކުރަމުންދާއިރު، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. މީގެއިތުރުން ބޭރުގެ މާލީ އިދާރާތަކާއި ގައުމުތަކާއެކު ކުރިއަށްދާ މަޝްވަރާތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ގައުމީ ރިޒާވް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ފިނޭންސުން ހާމަކުރެއެވެ.

ކޮޕީރައިޓް 

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފިނޭންސްމިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.