
މޫސުން ގޯސްވެ މެޗު ފެށުން ލަސްވި ނަމަވެސް، މެކްސިކޯގެ “ބަދަލުނުކުރެވޭ” ކަމަށް ބެލެވުނު އަޒްޓެކާ ސްޓޭޑިއަމްގައި ކުޅެ 3-2 ން މޮޅުވެ ގްލެންޑުން ތާރީޚީ މޮޅެއް ހޯދައިފިއެވެ. މިއީ އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް މެކްސިކޯއަށް ނުދެވުނު ފުރަތަމަ ފަހަރެވެ.
ޒުވާން ތަރި ޖޫޑް ބެލިންހަމް 98 ސިކުންތުގެ ތެރޭގައި ޖެހި ދެ ލަނޑާއެކު އިންގްލެންޑުން މެޗު ކޮންޓްރޯލް ކުރިއިރު، މެކްސިކޯގެ ކިނޯނޭސް ވަނީ ފަރަގު ކުޑަކޮށް އުއްމީދު އާކޮށްދީފައެވެ. ދެވަނަ ހާފުގައި އިންގްލެންޑްގެ ޖަރަލް ކުއަންސާ އަށް ރަތް ކާޑު ދެއްކުމުން މެކްސިކޯއަށް ފުރުސަތު ބޮޑުވި ނަމަވެސް، ކެޕްޓަން ހެރީ ކޭން ޕެނަލްޓީއަކުން ލަނޑު ޖަހައި އިންގްލެންޑްގެ ލީޑު ފުޅާކޮށްދިނެވެ. މުޅި މެޗުގައިވެސް އިންގްލެންޑުން ދެއްކީ ވަރުގަދަ ރޫހެކެވެ.
މެޗުގެ ފަހުކޮޅު ރައުލް ހިމެނޭޒް ޕެނަލްޓީއަކުން މެކްސިކޯއަށް ދެވަނަ ލަނޑު ޖަހައިދިން ނަމަވެސް، އިންގްލެންޑްގެ ވަރުގަދަ ޑިފެންސާއެކު މެކްސިކޯ މުބާރާތުން މިވަނީ ކަޓާފައެވެ. އިންގްލެންޑުން މިހާރު ތައްޔާރުވަމުންދަނީ ކުއާޓާ ފައިނަލުގައި ނޯވޭއާ ދެކޮޅަށް ނުކުތުމަށެވެ. ނޯވޭ ކުއާޓާ އަށް ދަތުރުކުރީ ފޭވަރިޓް ބްރެޒިލް ކަޓުވާލުމަށްފަހު ކަމަށްވާތީ، މިއީ އިންގްލެންޑަށް ކުރިމަތިވާނެ ވަރުގަދަ އިމްތިހާނަކަށް ވާނެއެވެ.




