ޚަބަރު

މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

މާލޭގެ މިސްކިތްތަކުގައި ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފި

މާލޭ ސިޓީގައި ހިމެހޭ މިސްކިތްތަކުގައި ކެމެރާ ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން، މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ބޭނުންވާތީ، މި މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހު ބީލަން ރަޖިސްޓަރީ ކުރުމާއި މައުލޫމާތު ސާފުކުރުމަށް ވަޑައިގަތުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި އަގު ހުށަހެޅުއްވޭނީ މި މަހު 23 ވަނަ ދުވަހުގެ ހެނދުނު 09:00 ކަމަށް ވެސް ބުނެފައިވެއެވެ.

މިވަގުތުގެ ފަހުން ލިބޭ ބީލަންތައް ބަލައި ނުގަންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.

މިހާރުވެސް މާލޭގެ ބައެއް މިސްކިތްތަކުގައި ހުރީ ކެމެރާ ހަރުކޮށްފައެވެ. އެއީ މާލޭ ސިޓީކައުންސިލުންކަމެއް އަމިއްލަ ފަރުދަކު ކޮށްފައިވާ ކަމެއްކަމެއް ނޭންގެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close