ޚަބަރު

ވާރޭވެހުމުގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފި

ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިއަދު މެންދުރު 01:00 އާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

ގަދަ ހޫނަށްފަހު ފާއިތުވި ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭވެހެން ފަށާފައިވާއިރު، މެޓް އޮފީހުން ހާމަކުރި ގޮތުގައި މިއީ އަންނަ މަހުގެ މެދުތެރޭގައި ފަށާ ހުޅަނގު މޫސުމުގެ ކުރިން، ދެ މޫސުން ބެދޭ ދުވަސްވަރު ކުރާ ވިއްސާރައެވެ.

މި ވިއްސާރައިގައި މާލެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އާންމު ދިރިއުޅުމަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ވަނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ފެން ހިންދުމުގެ މަސައްކަތް ފަށާފައެވެ. ޚާއްޞަކޮށް މާފަންނު ސަރަޙައްދުގައި ހުރި ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްދާއިރު، ވިއްސާރައާއެކު ފާއިތުވި ދުވަސްތަކުގެ ހޫނުމިން ވަނީ ދަށަށް ދާން ފަށާފައެވެ.

މޫސުމާ ބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފުތާ ބަންދުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެއެވެ. އާންމުކޮށް ވައި ޖެހޭނީ 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށްވިޔަސް، ވިލާގަނޑުގައި ވަޔާއި ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close