ޚަބަރު

ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފި

ރާއްޖޭގެ މޫސުން މިދުވަސްކޮޅު ގޯސްވުމާ ގުޅިގެން ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ބުނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

ވައި ބާރު ވުމުގެ ސަބަބުން ރާއްޖޭގެ ކަނޑުތައް ވެސް ގަދަވާނެ ކަމަށާއި ދަތުރުކުރާ އިރު މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން އިލްތިމާސް ކުރައްވާފައިވެއެވެ.

ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ.

މިދުވަސްވަރު ރާއްޖޭގެ އެކިހިސާބުތަކަށް ކުރަމުންދާ ވިއްސާރައިގައި ހިތާމަވެރި ހާދިސާތައް ދަނީ ހިންގަމުންނެވެ. ވީމާ ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކަކުންވެސް ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިން ވަރަށް މުހިންމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close