އައިއޯއެސް 15.1.1 އަޕްޑޭޓާއެކު އެޕަލް އިން އައިފޯން ކޯލް ޑްރޮޕްތައް ފިކްސްކޮށްފި
އެޕަލް އިން މި ހަފުތާގައި އައިއޯއެސް 15.1.1 ރޯލް ކުރަމުން އަންނައިރު، މިއީ ބަގް ފިކްސް ރިލީސްއެއްގެ ގޮތުގައި ކްލާސްކޮށްފައިވާ، ކޯލްތަކުގެ ކޮލިޓީއަށް ހުރިހާ ބަދަލެއް ގެނެވިދާނެ ފަދަ ރިލީސްއެކެވެ.
އައިފޯން 12 ނުވަތަ އައިފޯން 13 ގެ ގެންގުޅޭ ފަރާތެއް ނަމަ، މި އައިއޯއެސް އަޕްޑޭޓް މިހާރު ލިބެން ހުރި އިރު، މި އަޕްޑޭޓަކީ ވަރަށް ބޮޑަށް ރިކޮމެންޑެޑް އަޕްޑޭޓެކެވެ.
އެކްސްޑީއޭ ޑިވެލޮޕާސް އިން ރިޕޯޓްކުރާ ގޮތުގައި 15.1.1 އައިފޯން 12 އަދި އައިފޯން 13 އަށް އަމާޒުކޮށްފައިވަނީ މި ދެ މޮޑެލްގެ ކޯލް ޑްރޮޕް ޕާފޯމަންސް ރަނގަޅުވާތީ އެވެ. ކޯލް ޑްރޮޕްތަކާ ބެހޭ ގޮތުން މާ ގިނަ ޝަކުވާތަކެއް އަޅުގަނޑުމެންނަށް އަޑު އިވިފައި ނުވިޔަސް އެޕަލް އިން އެކަމަށް ޚާއްޞަ ފިކްސް އެއް ނެރުމުން އެއީ ވަރަށް ބޮޑު މައްސަލައެއްކަން ސާފުކޮށް އެނގެން އެބައޮތެވެ.
އަޕްޑޭޓް އިންސްޓޯލް ކޮށްލުމަށް އައިފޯންގައި ހުންނަ ސެޓިންގްސް އަށް ނެވިގޭޓް ކޮށްލާށެވެ. ދެން ޖެނެރަލް -> ސޮފްޓްވެއާ އަޕްޑޭޓް ޓެޕް ކޮށް، ސްކްރީން ސޮފްޓްވެއަރ އަޕްޑޭޓްސް ފެންނަންދެން މަޑުކޮށްލާށެވެ. ތިބާގެ ރީޖަންއަށް އައިއޯއެސް 15.1.1 އަޕްޑޭޓް ރިލީޒް ކޮށްފައިވާނަމަ ފެންނާނެއެވެ. ދެން ޑައުންލޯޑްކޮށް އިންސްޓޯލް ކުރުމަށް ޓެޕް ކޮށްލާށެވެ.
އައިއޯއެސްގެ ކުރިއަށް އޮތް ވާޝަން އައިއޯއެސް 15.2 ވެގެންދާނީ ޔޫޒަރ ޕްރައިވެސީ އަދި ސެކިއުރިޓީ ރަނގަޅު ކުރުމަށް ގިނަ ޓްވިކްތަކެއް ލިބޭނެ ވާޝަން އަކަށެވެ. އެއީ ވަރަށް ޝައުޤުވެރި އަޕްޑޭޓަކަށްވާނެއެވެ. ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަތްފޯރާ ފަށަށް އަންނާނެ ކަމަށް ލަފާކުރެވެއެވެ. އެކަމަކު އުންމީދު ކުރަނީ އަހަރު ނިމުމުގެ ކުރިން އެ އަޕްޑޭޓްވެސް އަޅުގަނޑުމެންނަށް ލިބުމެވެ.
