އަންނަ ރޯދަމަހު 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެ: އިސްލާމިކް މިނިސްޓަރު

ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މި ރަސްމިއްޔާތު ބާއްވާނެކަން ސަރުކާރުން އިޢުލާންކުރީ މިދިޔަ މާރިޗު މަހުއެވެ. މި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު މައުލޫމާތު ދެއްވި ގޮތުގައި މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ނިންމާފައިވާއިރު، އިތުރު 7 ކުއްޖެއްގެ އިމްތިޙާނު މިހާރު ކުރިއަށްދެއެވެ. މި ރަސްމިއްޔާތުގައި 42 ހާފިޒަކަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް އެރުވުމަށް ވެސް ވަނީ ހަމަޖެހިފައިކަމަށް ވަޒީރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން، ހާފިޒުންގެ އެލަވަންސް މިދިޔަ ޖޫން މަހުން ފެށިގެން ވަނީ ބޮޑުކުރައްވާފައެވެ.

