ނ. ހެނބަދޫ ޖޯޝް ޖަމްއިއްޔާގެ ހިންގާކޮމިޓީ މިއަހަރަށް އިންތިޚާބު ކުރަނީ
ނ. ހެނބަދޫ ޖޯޝް ޖަމްއިއްޔާގެ ހިންގާކޮމިޓީ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބު 21 އޭޕްރީލް 2019 ވާ އާދިއްތަ ދުވަހުގެ ރޭ 08:30 ން 10:00 އަށް މިޖަމްޢިއްޔާގެ އިމާރާތުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އިންތިޚާބުކުރާ މަޤާމުތަކަކީ ރައީސް، ނައިބްރައީސް، ޚަޒާންދާރު، ޚަޒާންދާރުގެ އެހީތެރިޔާ، ސެކްރެޓަރީ، ސެކްރެޓަރީގެ އެހީތެރިޔާ، ކުޅިވަރު ސެކްރެޓަރީ، ކުޅިވަރު ސެކްރެޓަރީގެ އެހީތެރިޔާ އަދި ޚާއްސަ 3 މެންބަރުންނެވެ.
ޖޯޝް ޖަމްއިއްޔާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ އިއުލާނުގައިވާގޮތުން އެޖަމްޢިއްޔާގެ ހިންގާ ކޮމިޓީއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި، މިއިންތިޚާބުގައި ވޯޓް ދިނުމުގެ ޙައްޤު ލިބިފައިވާ އެޖަމްޢިއްޔާގެ މެންބަރުންގެ ލިސްޓްވެސް ވަނީ މިހާރު އާންމުކޮށްފައެވެ.
މި ލިސްޓާ ގުޅިގެން އެއްވެސް ޝަކުވާއެއްވާނަމަ 20 އޭޕްރީލް 2019 ވާ ހޮނިހިރު ދުވަހުގެރޭ 08:00 ގެ ކުރިން ޖަމުއިއްޔާގެ މުޢައްސިސް އަލްފާޟިލް އިބްރާހީމް ނިޒާރު ( 9998234 ) ނުވަތަ ޖަމުޢިއްޔާގެ ސެކްރެޓަރީ އަލްފާޟިލް އަޙުމަދު ރަޝީދު ( 7531753 ) އަށް ގުޅުއްވައިގެން ކުރިއަށް ގެންދިއުމަށްވެސް އެޖަމްއިއްޔާއިން އެދެއެވެ.
ޖޯޝް ޖަމްއިއްޔާއަކީ 2005 ވަނަ އަހަރުންފެށިގެން އިޖުތިމާއީ އެކިރޮނގުރޮނގުން ހަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ.
