ޚަބަރު

ހެނބަދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ނިންމައިފި

ނ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ހުސްވި އޭޕްރިލް މަހުގައެވެ.

އެމްޓީސީސީން ބުނިގޮތުގައި އެ މަޝްރޫޢުގެ މަސައްކަތް ނިމުނީ މިހިނގާ އޯގަސްޓުމަހުގެ 2 ގައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކޮނުމަށްފަހު ބިންގަނޑު އެއްވަރުކުރަން 5000 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރުމާއި،25 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެމަސައްކަތް ވަނީ ކޮށްފައެވެ.

އަދި 235 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، 235 މީޓަރުގެ ސަރަހައްދެއްގައިޖިއޯޓެކްސްޓައިލްސް ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މިއީ ފަސް މިލިއަން ރުފިޔާގެ މަޝްރޫއެއްކަމަށް އެ ކުންފުނިން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close