އަލިފާނުގެ ހާދިސާގައި މިހާތަނަށް 10 މީހުން މަރުވެ، އެކަކު ހާލު ސީރިޔަސް
މާލެގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފިހިގެން މިހާތަނަށް 10 މީހުން ނިޔާވެފައިވަކަމަށް އެމްއެންޑީއެފްއިންނާއި ފުލުހުންގެ ފަރާތުން ކަށަވަރު ކޮށްދީފި އެވެ.
އިސްކަންދަރުމަގުގައި ހުންނަ މ. ނިރުފެހީގެ ތިރީ ގަރާޖުގައި އަލިފާން ރޯވީ 12:30 އެހާކަންހާއިރު އެވެ.
އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ފަތިހު 4:34 ގައިކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދިންގޮތުގައި މި ހާދިސާގައި ޖުމްލަ 10 މީހުން ނިޔާވެފައިވާއިރު, އެކަކަށް އައިޖިއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. އަދި އޭނާގެ ހާލުވެސް ކްރިޓިކަލް ކަމަށް މައުލޫމާތު ދެއެވެ.
“ރޯވެފައިވާ ގޭ ތެރެއިން މަރުވެފައިވާ 10 މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެންދެވިފައިވޭ”
ފުލުހުން މީޑީއާއަށް ދިން މެސެޖުގައިވެއެވެ.
މި ހާދިސާގައި 14 މީހުން ސަލާމަތްކޮށްފައިވާަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
މިހާދިސާގައި ނިޔާވެފައިވާ އެންމެންނަކީވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ އިންޑިއާ ރައްޔިތުންނެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ހިތާމަވެރި ހަދިސާއެވެ.



