ޚަބަރު

މިއަހަރުގެ މިހާތަނަށް 1.2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 120,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް 120,680 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %10.2 އިތުރު އަދަދެކެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ރަޝިއާއިންނެވެ. އެ ގައުމުން 19,171 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައިގައި އޮތް އިޓަލީން 13,601 ފަތުރުވެރިން އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން 10,365 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމޭއިރު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން ގެނައުމެވެ. މި ދާއިރާގެ ކުރިއެރުމަށްޓަކައި މާކެޓިންގް ހަރަކާތްތައް އިތުރުކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އަންނަނީ ހަރުދަނާކުރަމުންކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close