ޚަބަރު

އަޑިޔަށްދިޔަ ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ ފަޅުވެރިޔާ ފެނިއްޖެ



އިންޑިއާގެ ޓުޓްކޮރިންއިން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް މޫސުމް ގޯސްވެ، އަޑިޔަށްދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ކ.ކާށިދޫގެ އިރުން 30 ނޯޓިކަލް މޭލް ބޭރުން ބޯޓެއް އަޑިއަށް ގޮސް އެ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދާފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ކ.ކާށިދޫގެ އިރުން 30 ނމ. ބޭރުން އަޑިއަށްދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ “ހަކުރާ” ލޯންޗަށް 17:25 އެހާއިރު އެމީހާ ވަނީ ފެނިފައިވާ ކަމަށާއި އެ މީހާ މާލެ ގެނައުމަށް ދަތުރުކުރަމުންދާ ކަމަށެވެ.

އެ ބޯޓް އަޑިއަށްގޮސް، އެއިން ދަތުރުކުރި ހަތް ފަޅުވެރިންގެ ތެރެއިން ހަ ފަޅުވެރިއަކު ކަނޑުވެފައި ވަނިކޮށް، އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ “އެމްވީ ބަރަދުވާޖް” ނަމަކަށް ކިޔާ ބޯޓަކުންވަނީ އެމީހުން ސަލާމަތްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close