ޚަބަރު

ސަލްމާން މިސްކިތް އަދިވެސް ނުނިމެނީތޯ؟ މުޢިއްޒު ސުވާލު ކުރައްވައިފި

ރައީސް ޔާމީން ސަރުކާރުގައި ސައުދީ ހިލޭ އެހީގެ ދަށުން އަޅަން ފެށި ކިންގް ސަލްމާން މިސްކިތް އަދިވެސް ނުހުޅުވާ ލަސްވަނީ އަދިވެސް ހަދާ ނުނިމެނީތޯ؟ ވިދާޅުވެ ރައީސް ޔާމީން ސަރުކާރުގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު ސުވާލުކުރައްވައިފިއެވެ.

މުޢިއްޒު ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ކުރިން ނިންމާފައި އޮތް ގޮތުން 2019 ވަނަ އަހަރު މިސްކިތުގެ މަސައްކަތް ނިމޭނެކަމަށެވެ.  

އަދި ވިދާޅުވީ މިސްކިތުގެ ޕްލޭންއާ ޚިލާފަށް ޤުރުއާނާ ބެހޭ މަރުކަޒު އެތަނަށް ބަދަލުކުރުން ފަދަ ބޮޑެތި ބަދަލުތައް ގެންނަ ކަމުގެ މަޢުލޫމާތު ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ތުރުކީ ކުންފުންޏަކާ ޙަވާލުކޮށްގެން 2017 ވަނަ އަހަރު މަސައްކަތް ފެށި ސަލްމާން މިސްކިތް ނިންމަން ހަވާލުކުރީ 2018 ވަނަ އަހަރަށެވެ. ނަމަވެސް އެ އަހަރަށް ނިމިފައި ނުވާތީ ފަހުން މުއްދަތު އިތުރުކުރީ 2019ގެ ޖުލައި މަހާ ހަމައަށެވެ.

މިސްކިތުގެ މަސައްކަތް ނުނިމި ލަސްވާތީ ޢާއްމުންވެސް ޝަކުވާކުރާއިރު، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގައި ނޫސްވެރިންނަށް މިސްކިތް ދައްކާލި އިރު އޭރު ބުނީ މިސްކިތުގެ މަސައްކަތް އެ މަސް ތެރޭގައި ނިމޭނެ ކަމަށެވެ. ނަމަވެސް މިސްކިތުގެ މަސައްކަތް ނިންމައި މިސްކިތް ހުޅުވާނެ ދުވަހެއް އަދިވެސް މިނިސްޓްރީން އަންގާފައެއް ނުވެއެވެ. އަދި މިސްކިތް ހުޅުވުން ލަސްވާ ސަބަބެއް ވެސް ސާފުކޮށްދީފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close