ޚަބަރު

އަހަރު ނިމޭއިރުވެސް ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ނުދާތީ ސުވާލުކުރަނީ

މިހިނގާ 2019 ވަނައަހަރުގެ ދައުލަތުގެ ބަޖެޓްގައި، ނ.ވެލިދޫގައި ހޮސްޕިޓަލެއް ޤާއިމް ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި 10،678،260 (ދިހަ މިލިއަން ހަ ލައްކަ ހަތްދިހަ އަށްހާސް ދުއިސައްތަ ފަސްދޮޅަސް) ރުފިޔާ ހިމަނާފައިވީނަމަވެސް އަހަރު ނިމެން އެންމެ މަހަކަށްވެފައިވާއިރުވެސް އެމަސައްކަތްވަނީ ނުފެށިއެވެ.

ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ގިނަދުވަސްތަކެއް ވަމުންދާތީ އެ މައްސަލައިގަ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ޝަފީގު ހެލްތު މިނިސްޓަރ އަބްދުالله އަމީންއާ މާދަމާ މަޖްލިސްގެ ތަޅުމުގައި ސުވާލު ކުރަންވެސް ވަނީ ހަމަޖެހިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެކަން އެޖެންޑާ ކޮށްފައިވާއިރު، މެންބަރު ވިދާޅުވެފައިވަނީ 2019 ވަނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓުގައި ނ.ވެލިދޫގައި ހޮސްޕިޓަލެއް ގާއިމުކުރުމަށް ކަނޑައަޅާފައިވާއިރު އެ މަސައްކަތް

ގުޅުންހުރި ލިޔުންތައް

މެންބަރު މިނިސްޓަރާ ކުރަން ހަމަޖެހިފައިވާ ސުވާލު ތަކުގެ ތެރޭގައި އެ ކަން ލަސްވާ ސަބަބު އޮޅުން ފިލުވުމުގެ އިތުރުން، ވެލިދޫގައި ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށޭނީ ކޮން ތާރީހެއްގައި ތޯވެސް ސުވާލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޅ. ހިންނަވަރާއި ނ. ވެލިދޫ ސިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރަން ސަރުކާރުން ވަނީ ނިންމައިފައެވެ.

އަދި ނ. ވެލިދޫ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަޅަން ޖެހޭ އިމާރަތް ޑިޒައިންކޮށް ބިލް އޮފް ކުއެންޓިޓީ (ބީއޯކިއު) ތައްޔާރުކޮށްދިނުމަށް ވެސް މީގެ ކުރިން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close