ނ.އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވައިޓް އެލަރޓް ނެރެފި
ރާއްޖޭގެ މޫސާމާބެހޭ އިދާރާއިން ނ.އަތޮޅުން ފެށިގެން އައްޑޫސިޓީއަށް ވައިޓް އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލަރޓްގެ މެސެޖްގައި ބުނެފައިވަނީ މިއަދުގެ 4:15 އިން 9:15 އަށް އެސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށާއި، އަދި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އިއްޔެގެ މެންދުރު ފަހުން ފެށިގެން މިއަދުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހެމުންދާއިރު ފެނަށްދަތިވެ، ހޫނުގަދަވެ ގިނަދުވަސްތަކެއް ވެފައިވާތީ މުޅިރާއްޖޭގައި އިއްޔެވަނީ އިސްތިސްޤާ ނަމާދުވެސް ކޮށްފައެވެ.
މިއަހަރުގެ އިރުވައިމޫސުން ނިމި ހުޅަނގުމޫސުމުގެ ނަކަތްތައް ފެށިފައިވާއިރު ރާއްޖޭގެ މޫސުމީ ބޮޑެތި ބަދަލުތަކެއް މިވަނީ ފާހަގަވާން ފަށާފައެވެ.


