ރޭގަނޑު ކަނޑުދަތުރު ނުކުރުމަށް އެމްއެންޑީއެފްއިން އިލްތިމާސްކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ކަނޑުތައް ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފައިވާތީ ރޭގަނޑުގެ ވަގުތުގައި ކަނޑުދަތުރު ނުކުރުމަށް ދިވެހިރާއްޖޭގެ ދިފާޢީބާރުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފްއިން އިރުޝާދު ދީފައިވަނީ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ މިވަގުތު ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށެވެ.
އެމްއެންޑީއެފްއިން މަޢުލޫމާތުދެއްވާގޮތުގައި ކުރިއަށް އޮތް 3 ދުވަހު އުތުރާއި މެދުރާއްޖެތެރޭއަށް ވައިބާރުވެ, ކަނޑުތައް ގަދަވެ ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ.
އަދި މީގެ އިތުރުން ބައެއް ސަރަހައްދުތަކަށް އުދައިގެ އަސަރުކުރާނެކަމަށްވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

