ޚަބަރު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީސް އެޅުމާމެދު އަދި ވަކިގޮތެއް ނުނިންމަން – ރައީސް

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓް އޮފީހެއް އަޅަން އިންޑިއާއިން ހުށަހަޅާފައިވަނީ ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން ކަމަށާއި އެކަމަކަށް އަދި ވަކިގޮތެއް ނުނިންމަވަން ކަމަށާއި، އެކަމަކު އެ ހުށަހަޅުމާ ދޭތެރޭގައި ރާއްޖެއިން ވިސްނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ، މިހާތަނަށް އިންޑިއާގެ ކޮންސިއުލޭޓެއް އުފެއްދުމާ މެދުގައި ވަކި ގޮތެއް ނިންމަފައިނުވާ ކަމަށެވެ. އަދި މަޝްވަރާ ކުރުމަށްފަހު މިކަމުގައި ގޮތެއް ނިންމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ޑިޕްލޮމެޓިކް ގުޅުންތައް ޤާއިމްވެފައި އޮންނަ ދޭދޭ ޤައުމުތަކުގެ ދެމެދުގައި މިކަހަލަ ކަންތައްތައް ކުރަމުންދޭ. އެ އުސޫލުން އިންޑިއާ ސަރުކާރުން އެ ހުށަހަޅުއްވަނީ. އަޅުގަނޑުމެން ޖެހޭނެ މިކަމާ މެދުގައި މަޝްވަރާކޮށްފައި ގޮތެއް ނިންމަން. އަދި މިހާތަނަށް އަޅުގަނޑުމެން ގޮތެއް ނުނިންމަން” ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ، ރާއްޖޭގެ ކޮންސިއުލޭޓްވެސް ބޭރުގެ ދެ ޤައުމެއްގައި ހުންނާނެ ކަމަށާއި މިގޮތުން އިންޑިއާ އަދި ސައުދީގައި ރާއްޖޭގެ ކޮންސިއުލޭޓް ހުންނާނެ ކަމަށެވެ. ސައުދީގެ ރިޔާދްގައި ދިވެހި އެންބަސީއެއް ހުންނައިރު، ރިޔާދްގައި ކޮންސިއުލޭޓަށް ހުންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިއީ ޑިޕްލަމެޓިކް ގުޅުމުގެ ތެރެއިން ކުރާ ކަންކަން ކަމަށެވެ.

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓަށް ޤާއިމް ކުރަން ނިންމާފައިވާކަން އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ އިންޑިއާގެ ނޫހަކުންނެވެ.  ސިޔާސީ އެކި ބޭފުޅުން އިންޑިއާގެ ކޮންސިއުލޭޓާ އެއްކޮޅަށް ވާހަކަ ދެއްކެވި ނަމަވެސް އާންމުންގެ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅުހަދަމުންނެވެ. އަދި މިކަމާ ދެކޮޅަށް  ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައި ޕެޓިޝަނެއްގައި ސޮއި ކުރަން ފަށާފައިވާއިރު، “ސޭވް އައްޑޫ” ގެ ނަމުގައި މިކަމާ ދެކޮޅަށް ކެންޕެއިނެއް ހިންގަމުން ގެންދާކަން ފާހަގަކޮށްލެވެއެވެ.

އެއް ކޮމެންޓް

  1. Mihaaru ves onnaa nee OK dhee fa .thiya ee rayyi thun ge bolah jahaa chipe. INDIA ah raaje in OK dhi neema e meehun palamenta husha alhaa nee ves .rayyithu gunbo hadhan noolgey ibraahimas

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close