ޚަބަރު

ރައީސް ޑރ. މުއިއްޒު، ޤާސިމާއި ބައްދަލުކުރައްވައިފި

ރައީސުލް ޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްޙޫރު ވިޔަފާރިވެރިޔާ އަލްފާޟިލް ގާސިމް އިބްރާހިމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ދިވެހި ސަރުކާރުން މާ ބޮޑު މަޢުލޫމާތުތަކެއް ދީފައި ނުވި ނަމަވެސް ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމަށް ފަހު، ގާސިމް މީޑިއާ އަށް ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ރައީސް ޑރ. މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް މި ބައްދަލުވުމުގައި ދެންނެވި ކަމަށެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް އިބުރާޙިމް ވިދާޅުވީ ކޯލިޝަނެއް އޮތަސް، އަދި ނެތަސް ގާނޫނާ އެއްގޮތަށް މަސައްކަތް ކުރާ ކޮންމެ ސަރުކާރަކާއި އެކު އެމަނިކުފާނު ހުންނަވާނެކަމަށް ރައީސަށް ދެންނެވިކަމަށެވެ.  އަދި އެމަގުން އެމަނިކުފާނާއި އަދި ޖޭޕީވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސަށް ދެންނެވިކަމަށެވެ.

ޖެޕީގެ ލީދަރ އޮނަރަބަލް ގާސިމް އިބުރާޙިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާ ވެސް ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

ރައީސުލް ޖުމުހުރިއްޔާގެ އޮފީހުގައި މި ބައްދަލުވުންތައް ބާއްވަން ހަމަޖެހިފައި ވީނަމަވެސް އެ ތިން ޕާޓީގެ ލީޑަރުންނާ ރައީސް ބައްދަލުކުރައްވާ ސަބަބެއް އެއްވެސް ފަރާތަކުން އަދި ހާމަކުރައްވާފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close