ޚަބަރު

ކުރީގެ ވަޒީރު އާދަމް ނަސީރު ރައީސް އޮފީހުގެ މުޝީރަކަށް ހަމަޖައްސައިފި

ކުރީގެ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުޝީރެއްގެ މަގާމަށް އިއްޔެ އައްޔަންކުރައްވައިފިއެވެ.

އޭނާ މި މަގާމަށް އައްޔަންކުރައްވާފައިވަނީ ދިވެހިބަހާއި ސަގާފަތް އަދި ހެރިޓޭޖް ދާއިރާއިން ރައީސަށް ލަފާދެއްވުމަށެވެ. އާދަމް ނަސީރަކީ މިދިޔަ އޭޕްރީލް މަހު ވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި 10 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

މި ބަދަލާ އެކު، ވަޒީރުކަމުން އިސްތިއުފާ ދެއްވި އެހެން ބައެއް ބޭފުޅުންނަށް ވެސް ސަރުކާރުގެ މުހިންމު މަގާމުތަކެއް ވަނީ ހަމަޖައްސަވައިފައެވެ. އެގޮތުން ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އަލުން ރައީސް އޮފީހުގެ މަގާމަކަށް އައްޔަންކުރައްވާފައިވާއިރު، ކުރީގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ގަތަރުގެ ސަފީރުކަމަށް އަދި ކުރީގެ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ޔޫއޭއީގެ ސަފީރުކަމަށް އައްޔަންކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close