ޚަބަރު

މަނަދޫ ދާއިރާގެ މިނިވަން ކެންޑިޑޭޓް ޙަލީމް (އެމްއެޗް) ލަންދުއަށް ވަޑައިގެންފި

މިއަހަރުގެ ރައްޔިތުންގެ މަޖިލިސްގެ މަނަދޫދާއިރާ ( ލަންދޫ ، މާފަރު ، މަނަދޫ ) އަށް ކުރިމަތިލައްވައިފައިވާ މިނިވަން ކެންޑިޑޭޓް ނ.ވެލިދޫ އެލްޕާސޯ އަލްއުސްތާޛް މުޙައްމަދު ޙަލީމް މިއަދު ހެނދުނު ނ.ލަންދުއަށް ވަޑައިގެންފިއެވެ.

ލަންދުއަށް އެމްއެޗް ވަޑައިގަތުމުން ރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް އެމަނިކުފާނަށް ދަންނަވާފައެވެ. ކުދިބޮޑު އަންހެން ފިރިހެން ޒުވާނުން އަދި އިސްރަށްވެހިންނާއި، ކަމުވޮށިވެގެންވާ ގިނަފަރާތްތަކެއް ބަނދަރު ސަރަޙައްދަށް ނުކުމެ އެމަނިކުފާނަށް ވަނީ މަރުޙަބާ ދަންނަވާފައެވެ.

މިއަދު ހެނދުނު ޙަލީމް ލަންދުއަށް ވަޑައިގެން ލަންދޫގެ މުއައްސަސާތަކަށް ވަޑައިގެން އެތަންތާންގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ޙާލުއަހުވާލު ބެއްލެވިއެވެ. އަދި އެތަންތަނަށް މިހާރުން މިހާރަށް ބޭނުންވާނީ ކޮންކޮށް ކަންތައްތަކެއްތޯ ބައްލަވާ އޮޅުންފިލުއްވާ އެކަންކަން ކޮށްދެވާނެކަމަށް ވިދާޅުވިއެވެ. އަދި ބައެއް ކަންކަން ވަގުތުން ވަގުތަށް ޙައްލުކުރައްވާ މުއައްސަސާތަކުގެ ވެރިންނަށް އުންމީދީޚަބަރުތަކެއް ދެއްވިއެވެ.

އެމްއެޗް ވަނީ ލަންދޫގެ ރައްޔިތުންނަށްޓަކައި ކަސްރަތު ކުރާނެ ޖިމެއް ހައްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެޖިމަކީ އެމަނިކުފާނު މަނަދޫ ދާއިރާގެ ގޮނޑިއަށް ހޮވުނަސް ނުހޮވުނަސް ދާއިރާގެ ރައްޔިތުންނަށްޓަކައި ޚާއްޞަކޮށް ލަންދޫގެ ލޮބުވެތި ކަނބަލުންނަށްޓަކައި ހައްދަވައިދެއްވާނެ ތަނެއްކަމަށް މިއަދު ވިދާޅުވެފައެވެ.

މުޅޖަމާއަތަށް ފައިދާކުރަނިވި އިޖްތިމާޢީކަންކަންމުގެ އިތުރުން ވަކިވަކިފަރުދުންގެ ގިނަ ކަންކަންވެސް އެމަނިކުފާނު މިއަދުވަނީ ކޮށްދެއްވައި އެމީސްމީހުންނަށް އުފާވެރިކަން ގެނެސްދީފައެވެ. އެގޮތުން ލަންދޫގެ ވަރަށް ގިނަ ރައްޔިތުން މިއަދު އެމްއެޗްއާއި ބައްދަލުކޮށް ކަންކަންކަމަށް އެދިފައިވާކަން ފާހަގަކޮށްލަމެވެ. އަދި އޭގެ ތެރެއިން ގިނަކަންކަން އެމަނިކުފާނު މިއަދުވަނީ ކޮށްދެއްވާ ނިންމަވައިދެއްވާފައެވެ.

މަނަދޫދާއިރާއަށް އެމްއެޗް ކުރިމަތިލެއްވީ ދާއިރާ ވަރަށް ގިނަދުވަސްތަކެއްގައި ގެއްލިފައި އޮވެ އެއްވެސް އަޅާލުމެއް ލިބިފައިވާ ނުވާތީ ސަރުކާރުގެތެރެއިން ކޮށްދެއްވެންހުރި ކަންކަން ކޮށްދެއްވާ ދާއިރާގެ ޙާލަތު ރަޅުކުރެއްވުމުގެ މަޤްޞަދުގައި ކަމަށް މިއަދު ރައްޔިތުންނަށް މުޚާޠަބްކޮށް ވާހަކަފުޅުދައްކަވަމުން ވިދާޅުވިއެވެ.

ދާއިރާގެ 3 ރަށަށް އެމްއެޗް މިކުރައްވާ ދަތުފުޅުގެތެރެއިން މިއަދު މެންދުރުފަހާއި މިރޭ މަޑުކުރެއްވުމަށް ހަމަޖެހިފައިވަނީ މަނަދޫގައެވެ. އަދި އަންނަ ހޮނިހިރު ދުވަހު އަލުން ލަންދުއަށް ވަޑައިގެން ޑޯޓުޑޯރ ކެމްޕެއިން ޖައްސަވާނެކަމަށް މިއަދު އެމަނިކުފާނު ވިދާޅުވިއެވެ.  

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close