ޚަބަރު

ގޮޓަބަޔާގެ އިސްތިއުފާ ސިޓީ ޤާނޫނު ހަދާ މަޖްލީހުން ބަލައިގެންފި

ސްރީ ލަންކާގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ގޮޓަބަޔާ ރާޖަޕަކްޝްޔަ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގެ ސައްހަކަން ކަށަވަރުކޮށް ގޮޓަބަޔާގެ އިސްތިއުފާ ބަލައިގެންފިއެވެ.

މިކަން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް އިއުލާނުކުރެއްވީ މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ގޮޓަބަޔާ އިސްތިއުފާ ދެއްވާފައިމިވަނީ އިތުރު ގޮތެއް ނެތި މަޖުުބޫރުވެގެންނެވެ. މަޖުބޫރުވީ ގައުމުގެ ހާލަތު ބޮއްސުންލައި އަސާސީ ހިދުމަތްތައް ނުދެވޭ ހިސާބަށް ގައުމު ދިއުމުން އާންމުން ނިކުމެ ގޮތާބޭގެ އޮފީސް ހިސޯރުކޮށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގެ ގެ އަންދާލައި އެ ދެބޭފުޅުންވެސް އާއްމު ރައްޔިތުންނަށް ފިލަން މަޖުބޫރުވި ހިސާބުންެނެވެ.

ގޮޓަބަޔާ ފިއްލަވައިގެން ވަޑައިގެން ރާއްޖެ މަގުން މިހާރު ސިންގަޕޫރަށް ވަޑައިގެންފައިވާއިރު އިންތިގާލީ ރައީސަކީ ބޮޑުވަޒީރު ރަނިލްކަމުގައި ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މި މަހުގެ 20 ގައި ވަގުތީ ސަރުކާރެއް އެކުލަވާލެވުމުން ރަނިލްވެސް އިސްތިއުފާ ދެއްވާނެކަން ވަނީ އިއުލާނުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close