ޚަބަރު

މަނަދޫ ޒުވާނުންގެ “މަހާބާބަކިއު” މިއަދު ބާއްވައިފި

ނ. މަނަދޫގެ ޒުވާނުން އިސްނަގައިގެން ރަށުހުރިހާ ރައްޔިތުންނާއި، މުއައްސަސާތައް ގުޅިގެން “މަހާ ބާބަކިއު”ގެ ނަމުގައި ބޮޑު ބާބަކިއުއެއް މިއަދު ހަވީރު ބާއްވައިފިއެވެ.

މަނަދޫ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރުމުގެ ގޮތުން ރަށުގެ ޒުވާނުން އިސްނަގައިގެން އެރަށު ބަނދަރު ސަރަހައްދުގައި ބޭއްވި މި ބޮޑު ބާބަކިއު ގައި ދެޖިންސްގެ ޒުވާނުންނާއި، ރައްޔިތުން ބައިވެރިވެފައިވާއިރު ދެޖިންސްވަކިން ބައިވެރިވެވޭގޮތަށް ވަކިން ދެސަރަޙައްދެއްގައި ގޮނޑިއާއި މޭޒުޖަހައި އިތިޒާމްކުރެވިފައިވެއެވެ.

މިކަމަށް ތައްޔާރުވުމުގެ ގޮތުން އެރަށުގެ ޒުވާނުން ގިނަ މަސައްކަތްތަކެއްވަނީ ކޮށްފައެވެ. އެގޮތުން މިދިޔަ ބުރާސްފަތިދުވަހު ހަވީރުވަނީ އެރަށުގައި، ހޯޕްފިއުލް މަސްރޭހުގެ ނަމުގައި މަސްރޭހެއްވެސް ބާއްވާފަ އެވެ.  އެއީ މި ބާބަކިއު އަށް ބޭނުންކުރުމަށް މަސްހޯދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މުބާރާތެއްކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ.

މަހާބާބަކިއު ބޭއްވީ މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހާވެސް ގުޅުވައިގެން

ރަށުގެ ކުދިބޮޑު ރައްޔިތުން ބައިވެރިވި މިބޮޑު ބާބަކިއު ބޭއްވީ މިއަހަރުގެ އެއްބައިވަންތަކަމުގެ ދުވަހާވެސް ގުޅުވައިގެންކަމަށް މިކަމުގައި އިސްކޮށްއުޅުނު ފަރާތްތަކުން ބުނެއެވެ. އަދި މިކަން އަންނަ އަހަރުވެސް ކުރިއަށް ގެންދިއުމަށް ރާވާފައިވާކަމަށާއި، ރަށުގެ ޒުވާނުންގެ ވިސްނުން ހުރީ ކޮންމެއަހަރަކުވެސް އެއްބައިވަނަތަކަމުގެ ދުވަހާ ދިމާކޮށް “މަހާބާބަކިއު” ކުރިއަށްގެންދިއުމަށްކަމަށް އެފަރާތްތަކުން ބުނެއެވެ.

މިއަދުގެ ބާބަކިއު ގައި ބައިވެރިވި ފަރާތަތަކާށާއި، އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކާއި، މަސްރޭހުގައި ބައިވެރިވި ފަރާތްތަކަށް، މަނަދޫ ޒުވާނުންގެ ފަރާތުން ޝުކުރު އަދާކުރާ ކަމަށް މި ބާބަކިއު އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ޒުވާނުން ބުނެއެވެ.

އެއް ކޮމެންޓް

  1. ވަރަށް ރަގަޅު ކަމެއްތީ އެކަމަކު ހީވަނީ ސިޔާސީ މީހެއްގެ ހިޔަނީގައި ޖެހިގެން ކުރެވޭކަމެއް ހެން ތިޔައި

    1. މިކަމުގަ އެއްވެސް ސިޔާސީ ކަމެއްނެތް.މީހަމަ މަނަދޫ ޒުވާނުން އިސްނަގައިގެން ބޭއްވި ވަރަށް ރަނގަލު ކަމެއް.ސުކުރިއްޔާ މަނަދޫ ޒުވާނުން.

  2. މިކަމުގަ އެއްވެސް ސިޔާސީ ކަމެއްނެތް.މީހަމަ މަނަދޫ ޒުވާނުން އިސްނަގައިގެން ބޭއްވި ވަރަށް ރަނގަލު ކަމެއް.ސުކުރިއްޔާ މަނަދޫ ޒުވާނުން.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close