އިއްޔެ ވެކްސިން ޖެހި ދިވެއްސަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެ
އއ. މާޅޮހުގައި އިއްޔެ ވެކްސިން ޖެހި އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް މިއަދު ނިޔާވެއްޖެއެވެ.
ވަގުތު ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހާ ވެކްސިންގެ ފުރަތަމަ ޑޯޒް އިއްޔެ ޖަހާފައިވާޢިރު ވެކްސިން ޖެހި ފަހުން ވަރަށް ގަދަ އަށް ބޮލާއި ގައިގައި ރިއްސާތީ އުޅުނު ކަމަށްވެއެވެ. އޭނާގެ ހާލު ކުޑަކޮށް ރަނގަޅުވުމާ ގުޅިގެން މިއަދު މަހަށް ވެސް ދިޔައެވެ.
އޭނާ މަހަށް ގޮސް އުޅެނިކޮށް ކުއްލިއަކަށް ނިޔާވީ މިއަދު ހެނދުނު ނުވައެއް ޖަހާކަން ހާއިރު، ކ. ހިންމަފުއްޓަށް ގެންގޮސްގެން ފަރުވާދެމުން ދަނިކޮށެވެ. ނަމަވެސް އެމީހާ ނިޔާވެފައިވަނީ ސީދާ ވެކްސިން ޖެހުމުގެ ސަބަބުންކަަން ކަށަވަރުވެފައެއްނުވެއެވެ.
އަދި މިކަމާ ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ވެސް ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
އެމީހާ ނިޔާވި އިރު އުމުރުން 18 އަހަރު ނުވާ ދެ ކުޑަކުދިން ދުނިޔޭގައި އެބަތިބިއެވެ.

