ޚަބަރު

ރައީސް މުއިއްޒު އިނގިރޭސި ރަސްގެފާނުގެ ދައުވަތަށް ލަންޑަނަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސި ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ޗާލްސް ތިންވަނައިގެ ދައުވަތަކަށް އިނގިރޭސިވިލާތަށް މިރޭ ފުރާވަޑައިގެންފި އެވެ.

އެމަނިކުފާނު މި ދަތުރުފުޅު ކުރައްވަނީ، ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް (އެސް.އެމް.އައި) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ “ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން” ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސް އޮފީހުން މައުލޫމާތުދީފައިވާ ގޮތުގައި، މި ބައްދަލުވުމުގައި ބައިނަލްއަޤުވާމީ ޑިވެލޮޕްމަންޓް ބޭންކުތަކާއި، ދުނިޔޭގެ ބޮޑެތި މާލީ މުއައްސަސާތަކުގެ ވެރީން ބައިވެރިވެވަޑައިގަންނަވާނެ އެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، މޫސުމީ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބައިނަލްއަޤުވާމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދުވެލި އަވަސްކުރުމަށް ޕްރައިވެޓް ކެޕިޓަލް ބޭނުންކުރެވިދާނޭ ގޮތްތަކާމެދު މަޝްވަރާކުރުމެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނީޝިއޭޓިވް އަކީ، އިނގިރޭސި ރަސްގެފާނު ޗާލްސް ތިންވަނައިގެ ތަސައްވުރެއްގެ މައްޗަށް ބިނާކުރައްވާފައިވާ އިސްނެންގެވުމެކެވެ. މިއީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތައް ހަރަކާތްތެރިކުރުވާ މަންސައެއް ކަމަށާއި، އަމިއްލަ ވިޔަފާރި ކުންފުނިތަކާއި ބައިނަލްއަޤުވާމީ ފެންވަރުގައި ނިންމުންތައް ނިންމާ ފަރާތްތަކުން ހިންގާ އިޤްތިސާދީ ހަރަކާތްތަކަކީ ދެމެހެއްޓެނިވިކަމުގެ މައްޗަށް ބިނާކުރާ ހަރަކާތްތަކަކަށް ހެދުމަށް އެސް.އެމް.އައި އިން ބާރުއަޅާ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close