ޚަބަރު

އެސްޓީއޯއިން ޑީސަލްގެ އަގު ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ލީޓަރަކުން 90 ލާރި ބޮޑުކޮށްފިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން، ރާއްޖެއަށް އެންމެގިނައިން ތެޔޮ އެތެރެކޮށް ވިއްކާ އެސްޓީއޯއިން މިއަދު ޑީސަލް ލިޓަރަކުން 90 ލާރި ބޮޑުކޮށްފިއެވެ. މި ބަދަލާއެކު މިހާރު އެސްޓީއޯއިން ޑީސަލް  ލީޓަރެއް ވިއްކަމުންދާނީ 10.89ރ އަށެވެ.

އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ، ހުސްވި ޖެނުއަރީމަހުގެ 14 ވަނަ ދުވަހުއެވެ. އެފަހަރު އެސްޓީއޯއިން ވަނީ، ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ ހެޔޮކޮށްފައެވެ.

ސައުދީ އަރަބިއްޔާ އިން ތެޔޮ އުފައްދާ މިންވަރު މަދު ކުރަން މަސައްކަތް ކުރާއިރު، މިއަހަރު ތެލުގެ އަގު އަދިވެސް އިތުރަށް ބޮޑުވެގެން ހިނގައިދާނެކަމަށް ބެލެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close