ޚަބަރު

ވިލިމާލެ ބޭރުން ކާގޯ ބޯޓަކުން ވެއްޓުނު އިންޑިއާ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

ވިލިމާލެ ބޭރުގައި އަޅާފައި އޮތް އިންޑިއާގެ ކާގޯ ބޯޓު “އެމްއެސްވީ ޑައުލާ” އިން ހޯމަ ދުވަހުގެ ރޭ ވެއްޓުނު އެ ގައުމުގެ މީހާ، މަރުވެފައި އޮއްވާ ކ. ފޭދޫ ފިނޮޅު ކައިރިން މިއަދު ފެނިއްޖެ އެވެ.

އެމީހާ ކަނޑަށް ވެއްޓުނުކަން ރިޕޯޓުކޮށްގެން ސިފައިން ހަރަކާތްތެރިވާން ފެށީ ހޯމަ ދުވަހުގެ ރޭ 11:30 ހާއިރު އެވެ.

މި މީހާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދުތަކުންނާއި އެއާކޯގެ ޑްރޯން ބޭނުންކޮށްގެން ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރިއެވެ. ސިފައިންގެއިން މިރޭ ބުނެފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނުނީ މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އަށެވެ.

ފެނުނު ހަށިގަނޑު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close