ޚަބަރު

ޔޯގާ މައްސަލާގައި ރައީސް މައުމޫނާއި ރައީސް ނަޝީދު ކިޔުއްވަނީ އެއްލަވައެއް


ކުރީގެ ރައީސް މައުމޫނުވެސް އަދި ރައްޔިތުންގެ މަޖްލިސްގެ ރައީސް ނަޝީދުވެސް އިސްލާމް ދީނުގެ ހުކުމްތަކަމާމެދު ވިދާޅުވަމުން ގެންދަވަނީ ހަމަ އެއްލަވައެއްކަމުގައި ފާހަގަކުރެވިއްޖެއެވެ.

އެގޮތުން ރާއްޖޭގެ 100 އަށްވުރެ ގިނަ ދީނީ ޢިލްމްވެރިންގެ ނަޒަރުގައި ޔޯގާ އާއި، ލަވައާއި މިއުޒިކް ފަދަ ކަންކަމަކި ކަނޑައެޅިގެން ހަރާމްކަންކަން ކަމުގައި ވިދާޅުވާއިރު، ޔޯގާ ފަދަ ކަސްރަތުތަކާއި ލަވަ ކިޔުމާއި މިއުޒިކް ކުޅުން ފަދަ ކަންކަމަކީ ހަރާމް ކަންކަމޭ ބުނާނެ ތަނެއް ނެތް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައީސް ނަޝީދު ތާޢީދު ވަނީ ތާއީދު ކުރަށްވާފައެވެ.


“ޙަރާމްވާނީ ހަމައެކަނި މާތްﷲ ޙަރާމް ކުރެއްވި ކަންތައްތަކެވެ.” މި މައުޟޫއަށް ރައީސް މައުމޫން ލިޔުއްވާފައިވާ ލިޔުމުގައި ޔޯގާއާއި ލަވައާއި މިއުޒިކާ ގުޅޭގޮތުން އެމަނިކުފާނުގެ ރައުޔުވަނީ ހާމަކުރަށްވާފައެވެ. މި ރަޢުޔު އާއްމު ކުރައްވަމުން ރައީސް މައުމޫން، ވިދާޅުވެފައިވަނީ ފަހަކަށް އައިސް ނެރޭ މިފަދަ ރައުޔުތަކަކީ އިސްލާމީ އުސޫލުތަކާއި އެކަށޭނެ ދިރާސާއަކަށްވުރެ، ރައުޔު ނެރޭ ފަރާތުގެ އަމިއްލަ ވިސްނުމަށް ނެރޭ ރައުޔަކަށް ވެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ އެމްއާރުއެމްގެ ބަޔާނަށް ފުރިހަމައަށް ތާޢީދު ކުރަށްވާ ކަމަށެވެ.

އަލް އަޒުހަރު ޔުނިވަރސިޓީން ތަޢުލީމް ޙާސިލުކުރަށްވާފައިވާ ރައީސް މައުމޫން ވިދާޅުވީ ޙަރާމާއި ހުއްދަ ކަނޑައަޅުއްވާ ފަރާތަކީ މާތްﷲ ކަމަށެވެ. އަދި ޙަރާމް ނުކުރައްވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް ﷲ ކަނޑައަޅުއްވާފައިވާކަން ފާހަގަކުރަށްވައި ރައީސް މައުމޫން ވިދާޅުވީ މާތް ﷲ ޙަރާމް ކުރެއްވިކަން ސާބިތުނުވާ ކޮންމެ ކަމެއް ޙަރާމް ކަމެއްގެ ގޮތުގައި ނިންމުމުގެ ބާރު ނޯންނާނެ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މިއުޒިމް ކުޅުމާއި، އުފަންދުވަސް ފާހަގަ ކުރުމާއި ޔޯގާފަދަ ސިއްހީ ދުޅަހެޔޮކަމަށް ކުރާ ކަސްރަތު ކުރުމަކީ ޙަރާމްކަމެއް ކަމަށް ނުބުނެވޭނެ ކަމަށެވެ. އެކަންކަން ޙަރާމްވާނީ، އެކަން ކުރުމުގައި ޙަރާމް ކަމެއް އެކުލެވިގެންވާނަމަ، ނުވަތަ ޙަރާމް ކަމަކަށް އަރައިގަންނަން ބޭނުން ކުރެވޭ ވަސީލަތަކަށް ކަމުގައިވާނަމަ ކަމަށް އެ ލިޔުމުގައި މައުމޫން ވިދާޅުވެފައިވެއެވެ.

ރައީސް މައުމޫނަކީ ދީނީ ފަތުވާ ނެރުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ. އަދި ދީނީ ލިއުންތައް ލިއުއްވުމާއި ތަގުރީރާއި ނަސޭހަތް ދެއްވުމާއި ވައުޟު ވިދާޅުވުމުގައި ދިވެހި ރާއްޖޭގައި މަޝްހޫރު އަދި މަގުބޫލު ބޭފުޅެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close