އަޑިއަށް ދިޔަ ލޯންޗުން ކަނޑަށް ވެއްޓުނު ދެމައިންގެ ތެރެއިން މަންމަ ނިޔާވެއްޖެ
މާލެ އިން ފުރައިގެން ވ އަތޮޅަށް ދަތުރު ކުރަމުން ދަނިކޮށް ރާޅުއަރައި އަޑިއަށް ދިޔަ ލޯންޗުން ކަނޑަށް ވެއްޓުނު ދެމައިންގެ ތެރެއިން 4 އަހަރުގެ ދަރިފުޅު ގެއްލިފައިވަނިކޮށް އެކުއްޖާގެ މަންމަ ނިޔާވެއްޖެއެވެ.
މިހާދިސާ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލެ އިން ފުރައިގެން ވ އަތޮޅަށް ދަތުރު ކުރަމުންދިޔަ ލޯންޗެއް ދިޔަވެ އަޑިއަށް ގޮސް އޭގެން ދަތުރު ކުރި 03 މީހަކު ގެއްލިފައި ވާކަމަށެވެ. އޭގެ ތެރެއިން 02 މީހަކު ފެނިފައި ވާކަމަށާއި، އެހެން ނަމަވެސް އުމުރުން 04 އަހަރުގެ ކުއްޖާ އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، ނިޔާވެފައި ވަނީ، އަންހެނެއް ކަމަށާއި، އަންހެން މީހާ ގުރައިދޫއަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާކަމަށް މައުލޫމާތު ލިބިފައި ވާކަމަށެވެ.

