ޚަބަރު

މާލެ ސަރަހައްދުން ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ

މާލެ ސަރަހައްދުން ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި ފިތުރު އީދު ނަމާދު ކުރަން ހަމަ ޖެހިފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީ އިން ބުނެފިއެވެ.

އެ މިނިސްޓްރީ އިން ބުނީ މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑުޖަމާއަތުގައި މާލޭ ސަރަހައްދުގެ ހަތަރު ތަނެއްގައި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ މާފަންނު ސްޓޭޑިއަމް، ވިލިމާލޭ ބޯޅަދަނޑު، ހުޅުމާލޭގެ ސިންތަޓިކް ޓްރެކްގެ އިތުރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކްރިކެޓް ސްޓޭޑިއަމްގައި ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ބޮޑު އީދު ޖަމާއަތުގެ އިތުރުން އީދު ނަމާދު ކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުތައް:

  • މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)
  • މަސްޖިދުލްމަލިކި ސަލްމާން
  • މަސްޖިދުލްފުރުޤާން
  • މަސްޖިދުއްނޫރު
  • މަސްޖިދުއް ޝަޙީދު ޢަލީ
  • މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން (ޠައިބާ މިސްކިތް)
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު (ދުބުރި މިސްކިތް)
  • މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)
  • މަސްޖިދުއްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ބަންޑާރަ މިސްކިތް)
  • މަސްޖިދު ޞަލާޙުއްދީން
  • މަސްޖިދު ޖަލާލުއްދީން
  • މަސްޖިދު އިބްރާހީމް
  • މަސްޖިދު އިސްކަންދަރު
  • ވަގުތީ މިސްކިތް ( ބޮޑުގެ )
  • މަސްޖިދުއްސުލްޠާނު މުޙައްމަދު ޢިމާދުއްދީން (ރަންމިސްކިތް)
  • މަސްޖިދުއްޝައިޚް މުޙައްމަދު ޖަމީލް ދީދީ (ފައިފުހޭ މިސްކިތް)
  • މާފަންނު އާމިސްކިތް
  • މަސްޖިދުއްސަލާމް
  • މަސްޖިދުއްޝައިޚް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ރަޝީދު (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ޢަޒީޒާ މޫސާ (ހުޅުމާލެ ފޭސް 1)
  • މަސްޖިދު ޙަސަން އާދަމް (ހުޅުމާލެ ފޭސް 2)
  • މަސްޖިދު އަބީބަކުރިނިއްޞިއްދީޤް (ފޭސް 2 ހުޅުމާލެ)

މިނިސްޓްރީ އިން ބުނީ ވިއްސާރަވުމުގެ ސަބަބުން މައިދާންތަކުގައި ކުރުމަށް ހަމަޖެހިފައިވާ ޢީދު ނަމާދުގެ ބޮޑުޖަމާޢަތް ކެންސަލްވެއްޖެނަމަ، މާލެ ސިޓީގެ ހުކުރު ނަމާދުކުރާ ހުރިހާ މިސްކިތެއްގައި ކުރާނެ ކަމަށެވެ.

ޢީދު ނަމާދު ކުރާ ގަޑި އަކީ ހެނދުނު 07:00 އެވެ. ނަމަވެސް މީގެ ކުރިން އީދު ނަމާދު ކުރަމުން އައިސްފައިވަނީ 07:30 ގައެވެ.

ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މި މަހުގެ 31ވަނަ ދުވަހެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close