ޚަބަރު

ދުނިޔޭގެ ކުށްވެރިންގެ ލިސްޓަށް އިޒްރޭލުގެ އަސްކަރިއްޔާ އދ.އިން އިތުރުކޮށްފި

ދުނިޔޭގެ ކުށްވެރިންގެ ލިސްޓަށް އިޒްރޭލުގެ އަސްކަރިއްޔާ އދ.އިން އިތުރުކޮށްފިއެވެ.
އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވަނީ ކުޑަކުދިންނާ ދެކޮޅަށް އަނިޔާވެރި ގަތުލު އާންމުތައް ހިންގާ ފައިވާ ކުށްވެރިންގެ ބައިނަލްއަގުވާމީ ލިސްޓުގައި އިޒްރޭލުގެ އަސްކަރިއްޔާ ހިމަނުއްވާފައިވާ ކަމަށް އދ.އަށް އިޒްރޭލުން ކަނޑައަޅާފައިވާ މަންދޫބު ގިލާޑް އެރްދާން ބުނެފިއެވެ.
“ކުޑަކުދިންނަށް ގެއްލުންދޭ ގައުމުތަކާއި ޖަމިއްޔާތަކުގެ “ބްލެކްލިސްޓް” ގައި އައިޑީއެފް ހިމެނުމަށް ސެކްރެޓަރީ ޖެނެރަލް ނިންމެވި ކަމުގެ ރަސްމީ އިއުލާނެއް އަޅުގަނޑަށް ވަނީ ލިބިފައި،” އެކްސްގައި އެރްދާން ބުނެފައިވެއެވެ.
އަދި ހަމާސް އިން ޓެރަރިޒަމަށް ކުޑަކުދިން ބޭނުންކޮށް، ސްކޫލްތަކާއި ހޮސްޕިޓަލްތައް އަސްކަރީ ކޮމްޕައުންޑްގެ ގޮތުގައި ބޭނުންކުރާކަމަށާއި މިއީ ވަރަށް ދެރަ އަދި ގޯސް ކަމެއް ކަމަށް އޭނާ ބުނެފައިވެއެވެ.
އެރްދާން ބުނީ ގުޓެރޭޒްގެ ލަދުވެތި ނިންމުމަށް އޭނާ ރައްދު ދޭ ކަމަށާއި އިޒްރޭލުގެ އަސްކަރިއްޔާއަކީ ދުނިޔޭގައި ހުރި އެންމެ އަޚްލާގް ރަނގަޅު އަސްކަރިއްޔާ ކަމަށެވެ.
“ބްލެކްލިސްޓު ކުރެވޭ ހަމައެކަނި ބޭފުޅަކީ ޓެރަރިޒަމަށް ހިތްވަރުދީ ހިތްވަރުދޭ އަދި އިސްރާއީލާ މެދު ނަފްރަތު އުފައްދަން ހިތްވަރު ދޭ ސެކްރެޓަރީ ޖެނެރަލެވެ. ސެކްރެޓަރީ ޖެނެރަލް އަމިއްލަ ނަފްސަށް ލަދުގަންނަން ޖެހޭ!” އޭނާ އެކްސްގައި ބުނެފައިވެއެވެ.

ޣައްޒާގައި ޔަހޫދީން ހިންގާ ޖަރީމާގައި ކުށެއް ނެތް މައުސޫމް ކުޑަކުދިންނާއި އަންހެނުން އަދި އުމުރުން ދުވަސްވީ މީހުން ޤަތުލުކުރަމުންދާއިރު ދުނިޔޭގެ ގިނަ ގައުމުތަކުން އެ ލާއިންސާނީ އަލުތައް ހުއްޓާލުމަށް ދަނީ ގޮވަމުންނެވެ.
ނަމަވެސް އިސްރާއީލުން ހަނގުރާމަ ހުއްޓާލާކަށް ނުވިސްނައެވެ. އަދި ނިރުބަވެރި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަ ޣައްޒާއަށް ވަންނަ އިންސާނީ އެހީ މަދު ކުރުމަށް ނިރުބަވެރި އިސްރާއީލުގެ މިނިސްޓަރަކު ވަނީ ގޮވާލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close