އައްޑޫސިޓީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ހަމަޖެހިއްޖެ
އަންނަ އަންގާރަ ދުވަހުން ފެށިގެން އައްޑޫސިޓީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ހަމަޖެހިއްޖެއެވެ.
މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ސިފައިންގެ ހާއްސަ އަސްކަރީ ތަމްރީނުތަކެއް އައްޑޫ ސިޓީގައި ކުރިޔަށްދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އަންނަ އަންގާރަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް މި ތަމްރީނުތައް ކުރިޔަށްދާނީ އައްޑޫ ސިޓީ ގަމުގައެވެ. ތަމްރީނުތައް އޮންނާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ދަންވަރު 12:00 ޖަހަންދެނެވެ. މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދަށް ބަޑިޖަހާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ
ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތް
- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް : އޭކޭ ސީރީޒް ރައިފަލް
- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން: 4600 މީޓަރު
- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން: 200 މީޓަރު
- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން: ސީ.ލެވެލް
- ވައިގެ ސަރަހައްދު ބޭނުންކުރާނެ ތަން: ސ.ގަން
ތަމްރީނުތައް ހިނގަމުންދާ ދުވަސްވަރު އެ ސަރަހައްދުން ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ސަމާލުވުމަށް އެމްއެންޑީއެފުންވަނީ އިލްތިމާސްކޮށްފައެވެ.


