ޚަބަރު

“އިންޑިއާ އައުޓްކެމްޕެއިންގެ ދަށުން ފާރުތަކުގައި ގްރެފިޓީ ކުރަހަން ފަށައިފި

ރާއްޖެއިން އިންޑިއާ ސިފައިން ފޭބުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ކުރިއަށްގެންދާ “އިންޑިއާ އައުޓް” ކެމްޕެއިންގެ ތެރެއިން ގޭގޭގެ ފާރުތަކުގައި ގްރެފިޓީ ކުރަހަން ފަށައިފިއެވެ.

އެގޮތުން ރޭ ރަށްދެބައި މަގުގައި ހުރި ގެއެއްގެ ފާރާއި ގަރާޖު ދޮރެއްގައި އިންޑިއާ އައުޓް ޝިއާރު ދޭހަވާގޮތަށް ކުރުހައިފާ ވާއިރު އެ ގްރެފިޓީގައި ދިވެހި ދިދައާއެކު ރާއްޖޭގެ ޗާޓު މައްޗަށް ފައިން އަރާ މަންޒަރު ކުރަހާފައިވެއެވެ. އަދި ކައިރީގައި އަކުރުތަައް ބަދަލު ކޮށްގެން “Indear out” ލިޔެފައި ވާއިރު، އިންޑިއާގެ ދިދަ ރަމްޒުވާ ގޮތަށް ކުލަ ސްޕްރޭކޮށް، އެތަނުގެ މެދުގައި ބޮޑުކޮށް “އައުޓް” ލިޔެފައިވެއެވެ.

އިދިކޮޅުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްއޮތް ތަނުގައިވެސް އިންޑިއާ އައުޓް ޝިއާރު ދާނީ އިތުރުވަމުން ކަމަށާއި އެ ހަރަކާތް ހުއްޓުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ވިދާޅުވެ، އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގޮވާލައްވައި ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވާ ގޮތުން، އެ ހަރަކާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ގޮސްފައިވާ ހަރަކާތެކެވެ. އަދި އެ ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ދާހިލީ ހަމަޖެހުމުގެ އިތުރުން، ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލާ ކަމަށްވެސް އެ ގަރާރުގައި ވެއެވެ.

އެ ގަރާރާއެކު “އިންޑީއާ އައުޓް” ބެނާ ދަމާފާހުރި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅާއި ޕީޕީއެމްގެ އޮފީސް ހުންނަ އިމާރާތް ހިމެނޭހެން މާލޭގެ ބައެއް އިމާރާތްތަކުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާތައް ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެ ގެތަކަށް ވަދެ ނެގިއެވެ.

އެއަށްފަހުން “އިންޑި އައުޓް” ގެ ސްޕެލިން ބަދަލުކޮށްގެށް “INDEAR OUT” ޖަހާ ބެނާ ދެމުމުންވެސް އެ އެއްޗެހިވެސް ފުލުހުން ވަނީ ނަގާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close