ޚަބަރު

ކުރިއަށް އޮތް 2 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މެޓްއޮފީހުން ލަފާކޮށްފި

ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ އުތުރާ މެދުރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހި، މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުން ގޯސްވާނެތީ ށ.އަތޮޅުން ފެށިގެން ލ.އަތޮޅުގެ ރަށްތަކާ ދެމެދުގެ ސަރަޙަށްދަށް ހަވީރު 5 ޖެހުމާއި ހަމައަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މިގަޑިތަކުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މެޓު އޮފީހުން ބުނީ ކަނޑުތައްވެސް އާދައިގެވަރަކަށް ގަދަވާނެކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވާނެކަމަށެވެ. އާންމުކޮށް ރާޅުގެ އުސްމިން އުޅޭނީ 2 ފޫޓާ 5 ފޫޓާ ދެމެދުގައިކަމަށާއި، އުދައަރާފާނެކަމަށް ލަފާ ނުކުރާކަމަށް މެޓް އޮފީހުން ބުންޏެވެ.

ވައިގެ ބާރުމިން އާއްމުގޮތެއްގައި އުޅޭނީ 3މޭލާ 18މޭލާ ދެމެދުގައެވެ. އަދި ވިލާގަނޑުގައި 13މޭލަށް ވައިގަދަވާނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. ވޭތުދިޔަ 24ގަޑިއިރަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވާކަމަށް ރެކޯޑްކޮށްފައިވަނީ ފ.ނިލަންދޫއަށެވެ. އެ ރަށަށް 110.8 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ނަމަވެސް ރާއްޖޭގެ ދެކުނުގެ މޫސުން، ޖުމްލަގޮތެއްގައި ރަނގަޅުކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close