ހޫތީ ހަނގުރާމަވެރިން ޔަމަނުގެ 14000 ކުޑަކުދިން މަރާލައިފައިވާ ކަމަށް ހިއުމަން ރައިޓްސް އެސޯސިއޭޝަނުން ބުނެފި
ހޫތީ ހަނގުރާމަވެރިން ޔަމަނުގެ 14000 ކުޑަކުދިން މަރާލައިފައިވާ ކަމަށް ޔޫއެން ހިއުމަން ރައިޓްސް އެސޯސިއޭޝަނުން ބުނެފިއެވެ.
2014 ވަނަ އަހަރު ޔަމަނުގައި ދާޚިލީ ހަނގުރާމަ ފެށުނު ފަހުން ހޫތީ މިލިޝިއާ އިން 14،000 ކުޑަކުދިން މަރާލައި ޒަހަމްކޮށްފައިވާ ކަމަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުން ބުނެފައިވާއިރު، ހިއުމަން ރައިޓްސް އެސޯސިއޭޝަނުން ބުނީ ޓައިޒްގައި 1،100 ކުދިން ހިމެނޭ ގޮތަށް 7،500 ކުދިން މަރާލި މައްސަލަ އެ ޖަމިއްޔާއިން ބަލަމުންދާ ކަމަށެވެ.
ސާބާ ނިއުސް އެޖެންސީއާ ހަވާލާދީ އެ ޖަމިއްޔާގެ ތަގުރީރުގައި ބުނެފައި ވަނީ ސްކޫލްތަކާއި ހޮސްޕިޓަލްތަކާއި މާރުކޭޓްތަކާއި ކުޅޭ ސަރަހައްދުތަކަށް އަމާޒުކޮށްފައިވާ އާބާދީ ބޮޑު އަވަށްތަކަށް ދޭތެރެ ދޭތެރެއިން ބޮމުގެ ހަމަލާތައް ދިނުމުން ގާތްގަނޑަކަށް 8،310 ކުދިންނަށް އަނިޔާވެފައިވާ ކަމަށެވެ.
ޔަމަނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލައި 2014 ވަނަ އަހަރުން ފެށިގެން އެތައް ހާސް ކުޑަކުދިންނަށް އަސަރު ކުރަމުން އަންނަ ޓައިޒްގެ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އީރާނުން ތާއީދުކުރާ މިލިޝިއާއަށް އދ. އިންދަނީ ޕްރެޝަރު ކުރަމުންނެވެ.
ހޫތީންގެ އަނިޔާވެރި އަމަލުތަކުގެ ތެރޭގައި އިންސާނީ ހައްގުތަކުގެ އިންޑިކޭޓަރުތައް ގޯސްވަމުން އަންނަ ޔަމަނުގެ ހާލަތާ ބެހޭ ގޮތުން ހައި ކޮމިޝަން އޮފް ހިއުމަން ރައިޓްސް އިން ވަނީ ބްރީފިންއެއް ހުށަހަޅާފަ އެވެ.


