ބޭރުދުނިޔެ

އިންޑިއާގެ ކެރަލާގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު މަރުވެއްޖެ

ބޯކޮށް ވާރޭވެހި އިންޑިއާގެ ކެރަލާގައި ފެންބޮޑުވުމުގެ ސަބަބުން އެތައް ބަޔަކު ހާލުގައި ޖެހި ވިއްސަށް ވުރެ ގިނަ މީހުން މަރުވެ އަދި އެތައް ބަޔަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ކެރަލާއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތަކުގެ ފެންގަނޑު ބޮޑުވެ، ކެރަލާ ތެރެއަށް ވަނީ ފެންގަނޑު ފައިބަން ފަށައިފައެވެ. ކެރަލާގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގެތައް އޮޔާ ދިޔުމުގެ އިތުރުން، އެ ސްޓޭޓްގެ ކޮއްޓަޔަމް އަވަށުގައި އެތައް ބަޔަކު ވަނީ އެމީހުންގެ ގެތަކުގައި ތާށި ވެސް ވެފައެވެ.

ކެރަލާގައި ދަތުރު ކުރަމުންދާ ބަސްތަކުގެ އެތެރެއަށް ވެސް ފެން ވަނުމުން، އޭގައި ތިބި މީހުން ސަލާމަތް ކުރެވޭތޯ ކުރަމުންދާ މަސައްކަތް ދައްކުވައިދޭ ވީޑިއޯއެއް ވެސް މިހާރު ވަނީ އާންމު ވެފައެވެ.

މި ކާރިސާގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ކަންކަން ވެސް ވަނީ ދިމާވެފައެވެ. އަދި މި ކާރިސާގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ ދަތިތަކުންނާއި ގެއްލިފައިވާ މީހުން ހޯދައި ދިނުމަށް އިންޑިއާގެ ސަލާމަތީ ބާރުތަކުން ދަނީ އެހީތެރިކަން ފޯރު ކޮށްދެމުންނެވެ.

ރިޕޯޓުތަކުން ބުނާގޮތުގައި، ފެންބޮޑުވުމުގެ ސަބަބުން އޮޔާ ދިޔަ ގެއެއްގައި ތިބި ހަ މީހުންގެ އާއިލާއަކުން އުމުރުން 75 އަހަރުގެ އަންހެނަކާއި ކުޑަ ތިން ކުދިން ވަނީ މަރުވެފައެވެ.

މި ކާރިސާގެ ސަބަބުން އެތައް ބަޔަކު ގެއްލިފައިވާ އިރު، މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close