ބޭރުދުނިޔެ

އިންޑިއާއިން ފުރަތަމަ ފަހަރަށް އޮމިކްރޯން ޖެހިގެން މީހަކު މަރުވިކަން ކަށަވަރުކޮށްދީފި

އިންޑިއާއިން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ (އޮމިކްރޯން ވޭރިއަންޓް) ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވިކަން ކަށަވަރު ކޮށްފިއެވެ.

ލަކްސްމިނާރަޔަން ނަގަރް ނަމަކަށް ކިޔާ މި މީހާ މަރުވީ ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ދެ ހަފްތާ ފަހުން އުދެއިޕޫރު ސިޓީގައި ކަމަށް އޮފިޝަލުން ބުނެ އެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްވީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ނަގަރްއަށް ވެކްސިންގެ ދެ ޑޯޒް ލިބުނު ނަމަވެސް ޑައިބެޓީސް އާއި ހައިޕަރޓެންޝަން ފަދަ އެހެން ބަލިތައް ހުއްޓެވެ.

ޖެނޯމް ސީކުއެންސިން އަށް އޭނާގެ ސްވޮބް ސާމްޕަލް ތައް ފޮނުވައި، ކުރިން އެނގިފައިވާ ކޭސްތަކާ އެއްވެސް ޓްރެވަލް ހިސްޓްރީއެއް ނުވަތަ ކޮންޓެކްޓެއް ނެތް ނަމަވެސް، އޮމިކްރޯން ވޭރިއަންޓް އޭނާއަށް ޖެހިފައިވާކަން 25 ޑިސެމްބަރުގައި ފެނުނު ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ނަގަރް އިން ކޮވިޑު ނެގެޓިވް ކަމަށް ފެނުނު ނަމަވެސް، އޭގެ 10 ދުވަސް ފަހުން ކޮވިޑްޖެހިގެން މީހަކު މިވަނީ މަރުވެއެވެ.

ފެޑެރަލް އަދި ސްޓޭޓް ތަކުގެ އިދާރާތަކުން ވެސް ބުނެފައި ވަނީ އޭނާގެ މަރަކީ އޮމިކްރޯން މަރެއްގެ ގޮތުގައި ގުނާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close