ޚަބަރު
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން މުޅި ރާއްޖެއަށް ވައިޓް އެލާޓު ނެރެފިއެވެ.
މެޓުން އެލާޓު ނެރެފައި ވަނީ މިރޭ 20:00އިން ފެށިގެން ދަންވަރު 2:00އަށެވެ.
މެޓުން ބުނީ ގަޑިއަކު 19 މޭލާއި 24 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

