ޚަބަރު

މާލެ ލޮކްޑައުން ކުރުމުން ތާށިވި މީހުން ރަށަށް ދެވޭގޮތް ވެއްޖެ

ކޮވިޑް-19ގެ ނުރައްކާތެރިކަން ބޮޑުވެ އެބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ގްރޭޓާރ މާލެ ސަރަޙައްދު ފުރަބަންދު ކުރުމުގެ ސަބަބުން، ރަށަށް ނުދެވި ތާށިވެފައި ތިބި ފަރާތްތަކަށް އަނބުރާ ރަށަށް ދެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައިދީފިއެވެ.

ޓޫރިޒަމް މިނިސްޓަރ، އަލީ ވަހީދު މިކަން ހާމަކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބަލީގެ ނުރައްކަލަށް ހުށަހެޅިފައިވާ ބިދޭސީން މާލެ އިން ބޭރުގައިވާ ފެސިލިޓީސް ތަކަށް ގެންދިއުން މިރޭފެށޭނެކަމަށެވެ. އަދި ލޮކްޑައުން އާއި ގުޅިގެން މާލޭގައި ތާށިވެފައިވާ ރައްޔިތުންނަށް ރަށަށް ދެވޭނެ އުސޫލުވެސް ތަންފީޒު ކުރަން މިހާރު ވަނީ ފެށިފައިކަމަށެވެ. އަދި ﷲ އިރާދަފުޅުން ކާރވް ފްލެޓް ކުރެވޭނެކަމަށެވެ.

ފުރަބަންދުގެ ސަބަބުން މާލެ ސަރަޙައްދުގައި ރަށަށް ނުދެވި ގިނަ ބަޔަކު ތާށިވެފައި އެބަތިއްބެވެ. މިކަމުގެ ޝަކުވާތައް ފަހަކަށް އައިސް ގިނަ ވަމުން އަންނައިރު، މާލޭގައި ދިރިއުޅޭނެ ގޮތެއްނެތި ގިނަ ބަޔަކު ހާލުގައި ޖެހި ގޮތް ހުސްވެފައިވާ ކަމުގެ ކަންބޮޑުވުންތައްވެސް ވަނީ އިތުރުވެފައެވެ.

ސަރުކާރުން ރޭ ވިދާޅުވެފައި ވަނީ މިކަމާއި ގުޅިގެން، ރަށްރަށަށް ދަތުރުކުރެވޭނެ ގޮތްތައް ބަޔާންކޮށް އެކުލަވާލާފައިވާ އުސޫލު މިއަދު އިއުލާނުކުރާނެ ކަމަށެވެ. އަދި މާލޭގައި ތާށިވެފައި ތިބި މީހުންގެ މަޢުލޫމާތު ޖެންޑާ މިނިސްޓްރީން އެއްކޮށްފައިވާ ކަމަށްވެސް ސަރުކާރުން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close