ގެއަކުން ވައްކަން ކުރަން އުޅެނިކޮށް ވައިގޮޅިން ވެއްޓި ފައި ބިނދިއްޖެ
މާލޭގެ ގެއަކުން ވައްކަން ކުރަން ވަދެ އުޅުނު މީހަކު އެެ ގޭގެ ވައިގޮޅިން ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް “ވަގުތު”އަށް ވިދާޅުވީ ވައްކަން ކުރަން އުޅުނު މީހަކު ގޭގެ ވައި ގޮޅިއެއްގެ ތެރެއިން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:54 ހާއިރު ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެމީހާއާ ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމަށް އެނގިފައެއް ނުވެއެވެ.
އެ މައްސަލައާ ގުޅިގެން 41 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ވައިގޮޅިން ވެއްޓުނު މީހާގެ ފައިވަނީ ބިންދައިގެން ގޮސްފައެވެ.
Alhamdhulihllah